ބާރަށުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގަން އިއުލާނުކޮށްފި

މި ހޮޓާ ތަރައްގީކުރަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 މީޓަރުގެ ބިމެއްގައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބާރަށަށް ވަޑައިގަތުން

ހއ. ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބުނީ، މި ހޮޓާ ތަރައްގީކުރަނީ ބާރަށުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ 71,832 މީޓަރުގެ ބިމުގައި ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 23 ޑިސެންބަރުގެ 10:00 ގައި ވާޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 27 ޖަނަވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީއަށް ހާޒިރުވެ، ބީލަން ހުށަހަޅަން ވަނީ ހުޅުވާލައިފަ އެވެ. 

މި ބީލަމާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި، 22 ޑިސެންބަރުގެ މެންދުރު 12:00 ގެ ކުރިން  planning@tourism.gov.mv އަށް ބައިވެރިވާ ފަރާތެއްގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރަން ވަނީ އެދިފަ އެވެ.

މި އިއުލާނާ ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ އެވެ. އަދި ބީލަން ފޮތް ލިބޭނީ 19 ނޮވެންބަރުން ފެށިގެން 26 ޖަނަވަރީ 2026 ވާ ހޯމަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 – 1:00 އާއި ދެމެދު މިނިސްޓްރީގެ ނުވަތަ އީމެއިލްގެ ޒަރިއްޔާއިންކަމަށް އެ އިއުލާނުގައި ބުނެފައި ވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.