އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެނެ ކަމަށް ބުނެފައިވެ އެވެ.

އެމްޑީޕީން މިދިޔަ މަހު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން. --ފޮޓޯ: އެމްޑީޕީ

ހައްގުތައް ނުލިބޭކަމަށް ބުނެ، މިދިޔަ މަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ. 

އެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި އަށް މީހުންގެ ތެރޭގައި، ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހް އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު ހުސައިން ޒަރީރު އަދި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ ހިމެނެ އެވެ.

ޕީޖީ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި، ބުނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެ މީހުންގެ މައްޗަށް ކުރުމަށް ފުލުހުންގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް، އެ މައްސަލާގައި ލިބިފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު ތުހުމަތުކުރެވޭ އަމަލުތައް އެ މީހުން ހިންގާފައި ވަނީ އަސާސީ ހައްގެއް ބޭނުންކުރުމުގެ ތެރެއިން ކަމަށް ބުރަވެވޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އަދި އެ މީހުންގެ އަމަލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާތީ އެ މީހުންގެ މައްޗަށް ދައުވާކުރުމުގެ މަސްލަހަތު އޮތް ކަމަށް ނުފެނެ ކަމަށް ބުނެފައިވެ އެވެ.

އެ މީހުންގެ މައްޗަށް ދައުވާނުކުރާން ނިންމިޔަސް އެ އެއްވުމާ ގުޅިގެން އިތުރު 10 މީހެއްގެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި އެ ބައިތަކުގެ ތަހުގީގު ނިމުމާ އެކު އެ މައްސަލަތަކުގައި ވެސް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.