ދައުލަތަށް ލިބެން ޖެހޭ ފައިސާ އެއް ބިލިއަން ޑޮލަރަށްވުރެ މަތީގައި

މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ އޮތީ 16 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. މީގެތޭން ޓެކުހުގެ ލުއިތައް ދިނުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ އަދަދު 6.2 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ.

އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ --

ދައުލަތަށް މިދިޔަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ފައިސާ 16 ބިލިއަން ރުފިޔާ ނުވަތަ އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް އުފުލިފައިވާ ކަަމަށް އޮޑިޓުން ދައްކައިފި އެވެ. 

އޮޑިޓަ ޖެނެރަލް ނެރެފައިވާ މިދިޔަ އަހަރުގެ ބަޖެޓުގެ އޮޑިޓުގައިވާ ގޮތުން މީރާއަށް ލިބެން ޖެހޭ ފައިސާގެ ޖުމްލަ އަދަދު މިދިޔަ އަހަރުގެ ނިޔަލަށް ބަލާނަމަ އޮތީ 16 ބިލިއަން ރުފިޔާއަށްވުރެ މަތީގަ އެވެ. މީގެތޭން ޓެކުހުގެ ލުއިތައް ދިނުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ އަދަދު 6.2 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. 

މި އޮޑިޓުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް އިމްޕޯޓް ޑިއުޓީގެ އާއި ޖޫރިމަނާގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު ވަނީ 571 މިލިއަން ރުފިޔާއަށްވުރެ މަތިވެފަ އެވެ. 

ކަސްޓަމަށް ލިބެން ޖެހޭ ފައިސާ އިތުރުވާ މިންވަރު

  •  2020 - 354 މިލިއަން ރުފިޔާ
  •  2021 - 303 މިލިއަން ރުފިޔާ
  •  2022 - 478 މިލިއަން ރުފިޔާ
  •  2023 - 463 މިލިއަން ރުފިޔާ
  •  2024 - 571 މިލިއަން ރުފިޔާ

އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވާ ގޮތުން މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ލިބެން ޖެހޭ ޑިވިޑެންޑުގެ ފައިސާ އާއި ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ދީފައިވާ ލޯނުތަކަށް ނުދައްކާ ހުރި ޖުމްލަ އަދަދު ވެސް ވަނީ ހަތަރު ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. މީގެތެރޭން ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ މިންވަރު ހުރީ ދެ ބިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.