އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު 21 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.

އަންނަ މާޗު މަހުގެ 28 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދަން އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި، 7000 އަށްވުރެ ގިނަ އޮފިޝަލުން ހޯދަން ވަނީ ހުޅުވާލައިފަ އެވެ.
އީސީން ބުނީ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އީސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ. އެގޮތުން އެމީހެއްގެ އީފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.
އޮފިޝަލުންނަށް ވެވޭނެ ޝަރުތުތަކުގެ ތެރޭގައި 18 އަހަރު ވެފައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް އަދާކުރަމުން ނުދިއުމާއި، އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ހަރަކާތްތެރި ނުވާ މީހަކަށްވުން ހިމެނެ އެވެ. އަދި އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓެއްގެ އާލީ މެންބަރަކަށް ނުވުމާއި، ކެނޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް އަދި މަންދޫބަކަށް ނުވުން ހިމެނެ އެވެ.
އޮފިޝަލުންނަށް ދޭން ހަމަޖެހިފައިވާ އުޖޫރަ ވެސް އީސީން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން
މީގެ އިތުރުން، މަސައްކަތް ކުރާ ގަނޑިތަކަށް ބަލައި، ކެއުމާއި ސައިގެ އެލަވަންސާއި އިތުރުގަޑީގެ އެލަވަންސް ވެސް ދޭނެ ކަމަށް އީސީން ބުންޏެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ޑިސެމްބަރު 21 ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށެވެ.