ރައީސް ސޯލިހަށް ތާއީދުކޮށް ފެރީދޫ ކައުންސިލް އެކަށް އެމްޑީޕީއާ ގުޅިއްޖެ

ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ވިދާޅުވި ގޮތުގައި އޭނާއާއެކު ކައުންސިލްގެ ހުރިހާ މެމްބަރުން މްޑީޕީއާ ގުޅުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަރައްގީއާ މެދު ހިތްހަމަޖެހިގެނެވެ.

ފެރިދޫ ކައުންސިލްގެ މެންބަރުން އެމްޑީޕީއަށް ސޮއިކޮށް ފޯމްތައް ހަވާލު ކުރަނީ -- އެމްޑީޕީ

އއ. ފެރިދޫ ކައުންސިލުގެ ހުރިހާ މެންބަރުން އެއް ފަހަރާ އެމްޑީޕީއާ ގުޅި އެ ޕާޓީއަށް ސޮއި ކޮށްފި އެވެ.

ފެރިދޫ ކައުންސިލްގެ މެންބަރުންނާއެކު މިއަދު 50 މީހުން އަލަށް އެމްޑީޕީއާ ގުޅި އެމީހުންގެ ފޯމްތައް ޕާޓީގެ ޗެއާޕަސަން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސް،މާއީލާ ހަވާލު ކުރި އެވެ.

ފެރިދޫ ކައުންސިލަށް ހޮވިފައިވާ ފަސް މެމްބަރުންނަކީ ވެސް މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަ ކުރައްވައިގެން ހޮވުނު މެމްބަރުންނެވެ. އެ ބޭފުޅުންނާއެކު އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ވެސް މިއަދު ވަނީ އެމްޑީޕީއަށް ސޮއި ކޮށްފަ އެެވެ.

ފެރިދޫ ކައުންސިލް އެމްޑީޕީއާ ގުޅުނުކަން އިއުލާންކޮށް އެމްޑީޕީން ކުރި ޓްވީޓް

ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހު ވިދާޅުވި ގޮތުގައި އޭނާއާއެކު ކައުންސިލްގެ ހުރިހާ މެމްބަރުން މްޑީޕީއާ ގުޅުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތަރައްގީއާ މެދު ހިތްހަމަޖެހިގެނެވެ. ހާއްސަކޮށަ ކޮވިޑުގެ ތެރޭގައި ރައީސް ސޯލިހު ރަށްރަށަށް ތަރައްގީ ގެނައުމުގައި ތަފާތު ކުރުމެއް ގެންގުޅުއްވާފައި ނުވާތީ އެވެ.

އޭނާ ވިދާޅުވީ ފަހުގެ ތާރީހެއްގައި އެއްވެސް ރައީސަކު ފެރިދޫއަށް ކޮށް ނުދެއްވާ ވަރަށް ރައީސް ސޯލިހުގެ ސަރުކާރުން ކަންކަން ކޮށްދީފައިވާ ކަމަށާއި އެ ރަށުގެ ކައުންސިލްގެ އަމާޒަކީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުައި ރައީސް ސޯލިހަށް ދެވަނަ ދައުރެއް ކާމިޔާބު ކޮށްދިނުން ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.