މަގުމަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކަށް ހުރީ ޖިންސީ ގޯނާ ކޮށްފައި

"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ރޭގެ [އާދީއްތަ ދުވަހުގެ ރޭ] ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ އިދާރާ -- ދަ މިރާ

ހޮސްޕިޓަލަށް ގެންގޮސްދިނުމަށް މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު 24 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައި ހުރިކަން އެނގިއްޖެ އެވެ.

ފުލުހުން ރޭ ބުނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމްއެޗަށް ގެންގޮސްދީފައިވާ ކަމަށެވެ. 

"ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވިގެން ރޭގެ [އާދީއްތަ ދުވަހުގެ ރޭ] ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާ އާއި ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު އަންހެން މީހާ، ގޭންގު ރޭޕް ކޮށްފައިވާ ކަމުގެ ތުހުމަތުތައް ސޯޝަލްމީޑިއާގައި ދަނީ ކުރަމުންނެވެ. ނަމަވެސް ފުލުހުން އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ނުދެ އެވެ.

ފުލުހުންގެ އިލްތިމާސް - ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަން.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.