އަންނަ މާޗުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރްޓީއެލް ގާއިމުކުރަނީ

ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީގެ ހިދުމަތް ގާއިމްކޮށް ނިންމައި ނުލެވޭނެ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލެވިގެންދާނެ ކަމަށެވެ.

އާރްޓީއެލްގެ ލޯންޗެއް --

އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ނިޒާމުން ގުޅައިލެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ޖަޒީރާތައް، އެރަށް އަނެއް ރަށާ ގުޅިގެން މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެއާޕޯޓްތަކާއި ފެރީގެ ނިޒާމުން ރަށްތައް ގުޅާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވި އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އާރްޓީއެލް ފެރީގެ ހިދުމަތް ދެމުން އައީ ހަތަރު ރަށުގައި ކަމަށާއި، ނަމަވެސް މިހާރު 12 އަތޮޅެއްގައި ފެރީގެ ހިދުމަތް ގާއިމްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެރީގެ ހިދުމަތް ގާއިމްކޮށް ނިންމައި ނުލެވޭނެ ކަމަށާއި، ނަމަވެސް އަންނަ އަހަރުގެ މާޗު މަސް ނިމުމުގެ ކުރިން ހުރިހާ ރަށެއް ފެރީގެ ނިޒާމުން ގުޅާލެވިގެންދާނެ ކަމަށެވެ.

މިހާރު އާރްޓީއެލްގެ ހިދުމަތް ދެނީ، ހއ. ހދ. ށ. ނ. ރ. ބ. ޅ. ތ. ގއ. ގދ. ގެ އިތުރުން ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.