ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުން ވަންނަ ޑޮލަރު މާރުކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަަށުން މިހާތަނަށް 584 މިލިއަން ޑޮލަރު ވަނީ މާރުކޮށްފަ އެވެ. އަދި މިއާއެކު ރާއްޖޭގެ ގްރޮސް ރިޒާވް ވަނީ 866 މިލިއަން ޑޮލަރަށް އިތުރުވ

ފަހަށް ރައްކާ ކުރަން އުފައްދާފައިވާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޑޮލަރުން މިހާތަނަށް 126 މިލިއަން ޑޮލަރު ޖަމާކޮށްފި އެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރު ހުރިއިރު އެސްޑީއެފްގައި ހުރީ ދެ މިލިއަން ޑޮލަރު ކަމަށާ ނަމަވެސް މިހާރު މި ފަންޑު 160 މިލިއަން ޑޮލަރަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނާ ހަވާލުވިއުރ ހުރީ 2 މިލިއަން ޑޮލަރާ 2.7 ބިލިއަން ރުފިޔާއާ. މިހާރު 126 މިލިއަން ޑޮލަރު ހުންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުން ވަންނަ ޑޮލަރު މާރުކުރަން ކުރަމުން ގެންދާ މަސައްކަތުގެ ދަަށުން މިހާތަނަށް 584 މިލިއަން ޑޮލަރު ވަނީ މާރުކޮށްފަ އެވެ. އަދި މިއާއެކު ރާއްޖޭގެ ގްރޮސް ރިޒާވް ވަނީ 866 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
ރައީސް ވިދާޅުވީ މި ހުރިހާކަމެއް ކުރަމުން ގެންދަނީ ފުނި ޖައްސާފަ ހުރި ބިލްތައް ދައްކަމުންނެވެ.
އަންނަ އަހަރު ރާއްޖޭން ޖުމްލަ 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެ އެވެ. މި ދަަރަނި އަދާކުރާނެ މަގު ސަރުކާރުން ވަނީ ފަހިކޮށްފަ އެވެ.
ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި ރާއްޖޭން މިހާތަނަށް ދަރަނި ނަގަމުން އައިނަމަވެސް ދަރަނި ދައްކަން ވިސްނާފައި އޮތް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. މީގެ ސަބަބެއް ކަމަށް ޒަމީރު ވިދާޅުވީ އަހަރުން އަހަރަށް ދަރަނި ފަސް ކުރުން ނޫންކަމެއް މިދިޔަ އަހަރުތަކުގައިވެސް ކޮށްފައި ނެތުމެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ އެ ދަރަނީ ވީއެންމެ އަވަހަކާ ހަލާސް ކުރުންކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"ދަރަނި ނެގިއިރު ނަގާފައި ހުރީ ދަައްކަން ޖެހޭ އެއްޗެއް ގޮތަށް ވިސްނާފައެއް ނޫން. އެހެންވެ ދަށް ކުރަން ވިސްނާފައެއް ވެސް ނެތް. 250 މިލިއަން ޑޮލަރުގެ ލޯނެއް ދައްކަން މި ނަގަނީ އިތުރު 500 މިލިއަން ޑޮލަރުގެ ލޯނެއް. 2017 ގައި ނެގި ސަނީ ސައިޑް ބޮންޑަށް 2021 ގައި 500 މިލިއަން ޑޮލަރުގެ ލޯނެއް ނެގީ. އެހެންވީމަ ދަރަނި ދަށެއް ނުދާނެ. އެއީ ހަގީގަތުގައި ވެފަ އޮތް ގޮތަކީ،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2018 ގައި އޭރު ސަރުކާރުން 150 މިލިއަން ޑޮލަރުގެ ރޯލްއޯވާ ފެސިލިޓީއެއް ނެގި އެވެ. އަދި އެ ދައްކަން އެއްވެސް ވަރަށް ނުވިސްނާ އޮތްކަން މިނިސްޓަރު ހިތާމައާއެކު ފާހަގަ ކުރެއްވި އެވެ.
"އެ ދައްކާކަން ވިސްނާފައެއް ނެތް. ބައެއް ދަރަނި އެބަހުރި ނަގާފަ އޮފީސް ސްޓާފުން ކައިރީ ބުނެފަ މިއީ ތިމަންނައަކަށް ނޭނގެއޭ ދެއްކޭނެ ކަމެއް ވެސް،" ޒަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ ސަރުކާރުގައި ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ވެސް މި ސަރުކާރުން ދައްކާފައިވާނެ ކަމަށާ އަދި އަންނަ މަހު ދައްކަން ޖެހޭ އިތުރު 25 މިލިއަން ޑޮލަރު ވެސް ރޯލްއޯވާ ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅެ އެވެ. އެ ދަރަނި ވެސް ފަސް ކުރުމުގެ ބަދަލުގައި ދައްކާ ހަލާސް ކުރާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ވިސްނުމަކީ މިހާރު އިގްތިސޯދުގެ ހާލަތަށް ބަލައި ދެއްކެން ހުރި ހުރިހާ ދަރަނީގެ އަދަދެއް ދައްކާ ހަލާސް ކުރުމެވެ. އަދި ރޯލްއޯވާ ކުރާނީ އެއަށްފަހު އެވެ. މިގޮތުން 500 މިލިއަން ޑޮލަރުގެ ތެރޭން 350 މިލިއަން ޑޮލަރު ފަސް ކުރުމަށްފަހު އޭގެން 150 މިލިއަން ޑޮލަރު ސަރުކާރުން ދައްކާނެކަން ޒަމީރު ފާހަގަ ކުރެއްވި އެވެ.
"150 މިލިޮއަން ޑޮލަރު އެބަހުރި ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް - ފަހަށް ރައްކާ ކުރާ ފަންޑުގައި - މާތްﷲ ގެ ރަހުމަތުން. އެ ދުވަހަށް [ދަރަނި ދައްކަން ޖެހޭ ދުވަހަށް] ހުންނާނެ އެއަށްވުރެ ވެސް ގިނައިން. އަޅުގަނޑުމެން ވަރަށް ކޮންފިޑެންސް އެބައޮތް،" ޒަމީރު ވިދާޅުވި އެވެ.