އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދ އަހަރުތެރޭގައި 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފަ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން ސްޓެލްކޯއިން ބުނީ އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދ އަހަރުތެރޭގައި 29 ރަށެއްގައި ޖުމްލަ 44 ޖެންސެޓް ބަހައްޓައި އެ ރަށްތަކަށް ޖުމްލަ 23.9 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކުރެވިފަ އެވެ.
އެ ކުންފުނިން ބުނީ މީގެ އިތުރުން މާލެ ސަރަޙައްދަށް ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ 2 އަހަރުތެރޭގައި 1.6 މެގަވޮޓުގެ ހައިސްޕީޑް 20 ޖެންސެޓް މާލެ ސަރަޙައްދަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި މި ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ކަރަންޓު ދެވޭ ކެޕޭސިޓީ އިތުރުކުރުމަށް ވޭތުވެދިޔަ ދެ އަހަރުތެރޭގައި އަރިއަތޮޅު އުތުރުބުރީގެ 7 ރަށަށުގައި އިތުރު 11 ޖެންސެޓް ވަނީ ބަހައްޓާފަ އެވެ.
ސްޓެލްކޯއިން ބުނީ މީގެ ތެރެއިން 8 ޖެންސެޓަކީ މުޅިން އައު ޖެންސެޓް މި 11 ޖެންސެޓާއިއެކު މި 7 ރަށަށް ޖުމްލަ 5.4 މެގަވޮޓްގެ ކެޕޭސިޓީ ވަނީ އިތުރުކު ކުރެވިފަ އެވެ.