މި ރިސޯޓް ތަރައްގީ ކުރަނީ މާލެއިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާގަ އެވެ. މި ރިސޯޓުގައި ގާތްގަނޑަކަށް 80 އަލްޓްރާ ލަގްޒަރީ ބީޗް އަދި ވޯޓާ ވިލާތައް ހުންނާނެއެވެ.

ލަންޑަންގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ލަގްޒަރީ ސައޫދީ އަަރަބިއްޔާގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރ ދާރު ގްލޯބަލް އާއި އެމެރިކާގެ ރައީސްގެ ކުންފުނި، ދަ ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.
އެމެރިކާގެ ރައީސް ކުންފުނި ރާއްޖޭގައި "ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސް" ގެ ނަމުގައި ތަރައްގީ ކުރާ މި ރިސޯޓާ ބެހޭ ގޮތުން ދަ ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އަދި ޓްރަމްޕުގެ ދަރިކަލުން އެރިކް ޓްރަމްޕް ވިދާޅުވެފައިވާ ގޮތުގައި ދާރު ގްލޯބަލްއާ ގުޅިގެން ޓްރަމްޕް ބްރޭންޑް ރާއްޖޭގައި ހުޅުވާ މި ރިސޯޓަކީ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ އެންމެ މަގުބޫލު ރިސޯޓަށް ވެގެންދާނެ އެވެ.
މި ރިސޯޓް ތަރައްގީ ކުރަނީ މާލެއިން ފުރައިގެން 25 މިނެޓުން ދެވޭ ރާސްތާގަ އެވެ. މި ރިސޯޓުގައި ގާތްގަނޑަކަށް 80 އަލްޓްރާ ލަގްޒަރީ ބީޗް އަދި ވޯޓާ ވިލާތައް ހުންނާނެއެވެ.
ސައޫދީގެ ދާރު ގްލޯބަލްގެ ސީއީއޯ ޒިޔާދު އަލް ޗާ ވިދާޅުވި ގޮތުގައި މި ރިސޯޓު ވެގެންދާނީ އާ އިންވެސްޓްމަންޓް މޮޑެލްއަކަށް ތަރައްގީ ވެގެންދާނެ ރިސޯޓަކަށެވެ. ޓްރަމްޕް އިންޓަނޭޝަނަލް ހޮޓެލް މޯލްޑިވްސްގެ ތަރައްޤީ ވެގެންދާނީ ލަގްޒަރީ، ޓެކްނޮލޮޖީ އަދި އީޖާދީ ގޮތްތައް އެއްކޮށްލައިގެން އަންނަ ރިސޯޓަކަށެވެ.