ގޫގުލްގެ ބިޔަ އިންވެސްޓްމަންޓެއް| ރާއްޖެ ދުނިޔޭގެ މުއާސަލާތީ ހަބަކަށް

އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމަށް ގޫގުލްއިން ނިންމައި، ރާއްޖޭގައި ބޮޑު އިންވެސްޓްމަންޓެއް ކުރަން ތައްޔާރުވެއްޖެ އެވެ. 

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެމެރިކާއަށް ވަޑައިގެން، ގޫގުލްގެ އިސް ވެރިންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު، ގޫގުލްއިން ނިންމި ނިންމުމެއް ކަމަށެވެ. 

އެ ނިންމުމުގެ ސަބަބުން، ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާ ކުރުމަށް މަގުފަހިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ހިތަދޫގައި ގާއިމްކުރާ ފެސިލިޓީ ވާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑުކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖެ ވާނީ އޭޝިއާ، އޯޝަނިއާ، އެފްރިކާ، މެދުއިރުމަތި، އަދި ޔޫރަޕް ގުޅުވައިދޭ އިތުބާރު ހުރި ޑިޖިޓަލް ގޭޓްވޭއަކަށް ކަމަށް ބަޔާނުގައި ބުންޏެވެ. 

މިނިސްޓްރީން ބުނީ މި ފެސިލިޓީއާއެކު، އިންޑިއާ ކަނޑުގެ ޑިޖިޓަލް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ފުރުސަތު ލިބޭ ކަމަށެވެ. މާލޭގެ އިތުރުން، ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި ހިތަދޫގައި ގާއިމުކުރާ އިންޓަނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓުތަކާއެކު، ރާއްޖޭގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

"ގޫގުލްގެ މި އިންވެސްޓްމެންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ދިވެހިރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރަށް ހާމަވެގެންދާނެއެވެ. އަދި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓް އަޕްސް ފަދަ ދާއިރާތައް ދިވެހިރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދެއެވެ،" ބަޔާނުގައި ވެ އެވެ.

އެ މަޝްރޫއު ކުރިއަށްގެންދާނީ ދިރާގާއި އުރީދޫ މޯލްޑިވްސްގެ ބައިވެރިވުމާއެކު އެވެ. އެކަމުން ދައްކުވައިދެނީ، މިނިސްޓްރީން ބުނި ގޮތުގައި، ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަޝްރޫއު ތަންފީޒު ކުރުމުގެ ތެރެއިން މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގުލްގެ ފަރާތުން ދޭ އަހަންމިއްޔަތުކަމެވެ. 

ގޫގުލްގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް އިތުބާރު އޮތް މިންވަރު ދައްކުވައިދޭ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.