އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމްޕީއެލްގެ ސީ.އީއޯ ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ މި ދެ ބޭފުޅުންނަށް މަޢުލޫމާތު އަރުވައިފައެވެ

ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އާއި ބަޖެޓް ކޮމެޓީގެ މުގައްރިރު އަހުމަދު ސަލީމް ވިޔަފާރި ބަނދަރަށް ޒިޔާރަތް ކުރައްވައި މައުލޫމާތު ސާފު ކުރައްވައިފި އެވެ.
ރާއްޖެ އަށް ވަގަށް މުދާ އެތެރެ ކުރުން ހުއްޓުވުމެ ގޮތުން ކޮންޓެއިނާ ސްކޭން ކުރާ މެޝިން ބަހައްޓަން ނިންމާފައިވާތީ، އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރުމުގެ ގޮތުން ނައިބް ނާޒިމް އާއި ބަޖެޓް ކޮމެޓީގެ މުގައްރިރު ސަލީމް ވަނީ އެމްޕީއެލްގެ އިސްވެރިންނާ ބައްދަލު ކޮށްފަ އެވެ.
އެމްޕީއެލް އިން ބުނީ މި ޒިޔާރާތުގައި މި ދެ ބޭފުޅުން ވެސް ވަނީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންގެ މައުލޫމާތު ދީފަ އެވެ. އަދި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމްޕީއެލްގެ ސީ.އީއޯ ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ މި ދެ ބޭފުޅުންނަށް މަޢުލޫމާތު އަރުވައިފައެވެ
ސަރުކާރުން ދަނީ އެމްޕީއެލް އާއި ކަސްޓަމް ގުޅިގެން ޕޯޓުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަން ކޮންޓެނަރު ސްކޭނާ ބަހައްޓަން ނިންމާފަ އެވެ. މި މަސައްކަތް ކުރުމަށް 50 މިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ ބުނެފަ އެވެ.