ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހު ހަސީނާ މަރަން ހުކުމް ކޮށްފި

އެގޮތުން، ހަމަނުޖެހުން ހިންގުމާއި، މީހުން މެރުމަށް އަމުރު ކުރުމާއި، އަނިޔާވެރިކަން ނުހުއްޓުވުމުގެ ކުށް ހަސީނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

ބޮޑުވަޒީރު ޝައިހު ހަސީނާ

ވެރިކަމުގެ ދުވަސްވަރު މީހުން މެރުމަށް އަމުރުކޮށް، އިންސާނިއްޔަތާ ހިލާފު އަމަލުތަކެއް ހިންގާފައިވާކަން ސާބިތުވެ، ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޝައިހު ހަސީނާ މަރަން ހުކުމް ކޮށްފި އެވެ.

ބަންގްލަދޭޝްގެ ހާއްސަ ކޯޓެއް ކަމަށްވާ އިންޓަނޭޝަނަލް ކްރައިމްސް ޓްރިބިއުނަލް (އައިސީޓީ) އިން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ މިދިޔަ އަހަރު އެ ގައުމުގައި ހިނގި ހަމަޖެހުންތަކުގައި 1400 އެއްހާ މީހުން މަރުވުމުގެ ޒިންމާ ހަސީނާ ނަންގަވަން ޖެހޭނެ ކަމަށެވެ.

އެކަމަނާގެ ވެރިކަން ވައްޓާލުމަށް އޭރު އެގައުމުގެ ކިޔަވާ ކުދިންތަކެއް އިސްވެ ހިންގި މުޒާހަތާރަކުގައި އަނިޔާވެރިކަން އިންތިހާޔަށް ބޮޑުވެގެން ދިޔައީ ހަސީނާގެ ސަބަބުން ކަމަށް ހުކުމުގައިވެ އެވެ. އެގޮތުން، ހަމަނުޖެހުން ހިންގުމާއި، މީހުން މެރުމަށް އަމުރު ކުރުމާއި، އަނިޔާވެރިކަން ނުހުއްޓުވުމުގެ ކުށް ހަސީނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.

އެ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، ހަސީނާ މަރަން ހުކުމް ކުރުމާއެކު، ކޯޓު ރޫމުގައި އާންމުން ވަނީ އުފާފާޅުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހަސީނާގެ ވެރިކަން ވެއްޓުމާއެކު ފިއްލަވައިގެން ވަޑައިގެންނެވީ އިންޑިއާށެވެ. އެހެންވެ، މީގެ ކުރިން ހިންގި ޝަރީއަތްތައް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ޣައިރު ހާޒިރުގަ އެވެ. ކޯޓަށް ހާޒިރު ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށް ސާބިތުވެ، މީގެ ކުރިން ހަސީނާގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެ އެވެ.

ބަންގާޅު ހަލަބޮލިވެ، ސަލާމަތް ނުވާ ދަރަޖައަށް އޭރު ކަންކަން ދިޔައީ ސިވިލް ސާވިސްގެ ވަޒީފާތަކުގައި ކޯޓާ އުވާލުމަށް ސުލްހަވެރިކަމާއެކު ޑިމާންޑް ކުރުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެނެވެ. އެކަމާ ދެކޮޅަށް މުޒާހަރާ ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ހަސީނާ ވަނީ ފުލުހުންނާއި ސިފައިންނަށް އަމުރުކުރައްވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.