މީގެ އިތުރުން މި ލިސްޓަށް އެރި އަނެއް ފަރާތަކީ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ހިމެ އެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ހިމެނެ އެވެ.

ފްލެޓު ދިނުމުގައި އިސްކަންދޭ ލިސްޓަށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޓޫރިޒަމް މުވައްޒަފުންނާއި މަސްވެރިން ހިމަނައިފި އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ "ބޯހިޔާވަހިކަން އެންމެން" ނަށް ސިޔާސަތުގައި ބޯހިޔާވަހިކަމަށް އެދި ހުށަހަޅައިފައިވާ ޝަރުތު ފުރިހަމަވާ އެޕްލިކަންޓުންގެ ތެރެއިން ވަކި ފަރާތްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ބުނެފައިވެ އެވެ. މިގޮތުން 11 ފަރާތްކަށް އިސްކަން ދޭން ވަނީ ނިންމާފަ އެވެ.
މި ލިސްޓުގައި ފުރަތަމަ ފަހަރަށް ރިސޯޓްތަކުގައި މަަސައްކަތް ކުރާ މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ހިމަނާފަ އެވެ. މީގެ އިތުރުން މި ލިސްޓަށް އެރި އަނެއް ފަރާތަކީ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައް ހިމެ އެވެ. މީގެ އިތުރުން ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ހިމެނެ އެވެ.
މި އުސޫލުގައިވާ ގޮތުން އިސްކަންދޭ ކެޓަގަރީއަށް ކަނޑައަޅައިފައިވާ ހައުސިން ޔުނިޓްތައް ފިޔަވައި އެހެން ޔުނިޓްތައް ކަނޑައަޅާނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ މެދުގައި ޕޮއިންޓް ދީގެން ކަމަށެވެ. އަދި އެ ކެޓަގަރީއަށް ކަނޑައަޅާފައިވާ ހައުސިން ޔުނިޓްތައް ކަނޑައަޅާނީ ވެސް ޕޮއިންޓް ދީގެންނެވެ. އަދި ޕޮއިންޓް ދިނުމަށްފަހު ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ އަދަދާއި ހައުސިން ޔުނިޓްތަކުގެ އަދަދަށް ރިއާޔަތްކޮށް ޔުނިޓް އެލޮކޭޝަން ހެދުމާ ގުޅޭ ހާއްސަ އުސޫލެއް ކަނޑައަޅާނެ ބުނެފައިވެ އެވެ.