15،000 ގޯތި ދޫކުރުމުގެ އުސޫލާއެކު އަންނަ ޖެނުއަރީ 4ގައި ފޯމު ހުށަހަޅަން ހުޅުވާލައިފި

މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ސްކީމްގެ ދަށުން މި ގޯތިތައް ދޫކުރާނީ ތަފާތު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް ރައީސް މުއިއްޒު ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެން" ނަށް ގެ ދަށުން، ރަސްމާލޭން 15،000 ގޯތި ދޫކުރުމުގެ އުސޫލު އާންމުކޮށް، އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭ ގޮތަށް ހުޅުވާލައިފި އެވެ. 

މި އުޞޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ، ޖުމްލަ 15,000 ގޯއްޗެވެ. މާލޭގެ ރަށްވެހިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ސްކީމްގެ ދަށުން މި ގޯތިތައް ދޫކުރާނީ ތަފާތު ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. 

މާލެ ރަށްވެހިން - 10،000 ގޯތި

  •  އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 7،000 ގޯތި
  •  މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 1،000 ގޯތި
  •  ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 2،000 ގޯތި

މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން - 3،000 ގޯތި

  •  މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިން - 3000 ގޯތި

ޚާއްސަ ކެޓަގަރީތަކުގެތެރޭގައި ހިމެނޭ ދެ ބައި - 2،000 ގޯތި

  •  މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތައް: 500 ގޯތި
  •  މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް: 1500 ގޯތި

މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 04 ޖަނަވަރީ 2026 އިން ފެށިގެން 03 މާރިޗު 2026 ގެ ނިޔަލަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. 

ފޯމު ހުށަހަޅާނީ ސަރުކާރުން ބޯހިޔާވާހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ.

ކުރިއަށް އޮތް ފަސްމަހެއްހާ ދުވަހުގެ ތެރޭ ރަސްމާލެއިން، މާލޭ ރަށްވެހިންނަށް 15،000 ގޯތި ދޫކުރަން ހުޅުވައިލައި، 7000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.