އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަ ނުނަގައި، ބައެއް ފަރާތްތަކުން އިވެންޓް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުއްދަ ނުނަގައި ސްޓޯލް ވިއްކަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިވެންޓް ބޭއްވުމަށް އެޗްޑީސީގެ ފަރާތުން ނަގަން ޖެހޭ ހުއްދަ ނުނަގައި، ބައެއް ފަރާތްތަކުން އިވެންޓް ބޭއްވުމުގެ ނަމުގައި ސްޓޯލް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން ހުޅުމާލޭގައި ބާއްވާ އިވެންޓެއްގެ ސްޓޯލް ގަތުމުގެ ކުރިން، އެ އިވެންޓެއް ރާވާ ފަރާތަކީ އެވްޑީސީން ދޫކުރާ ހުއްދަ އޮތް ފަރާތެއްތޯ ޔަގީން ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސް ކޮށްފަ އެވެ.