މި ސްކީމް ފަރުމާކޮށްފައިވަނީ އެންމެންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށެވެ. މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ހައުސިން ޔުނިޓު ގަނެވޭއިރު، ފަގީރު ހާލަތުގައިވާ ދިރިއުޅޭ ފަރާތްތައް ހޯދައި ސަރުކާރުން ފްލެޓު ދޭނެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެން" ނަށް ލޯންޗްކޮށް، ފްލެޓާއި ގޯތި ދޭނެ އުސޫލު އާއްމުކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ މީޓިން ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި ބޯހިޔާވަހިކަން އެންމެންނަށް- އާއިލީ ބޯހިޔާވަހިކަން ސިޔާސަތު ލޯންޗްކޮށްދެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބެވެ. މި އުސޫލުގައި މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ އުސޫލާއެކު ފްލެޓް ދޫކުރުމުގެ އުސޫލާއި އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލު ވެސް އާއްމުކޮށްފައިވެ އެވެ. މައިގަނޑު ހަތަރު ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުސަތު ލިބޭނެ އެވެ.
މި ސްކީމް ފަރުމާކޮށްފައިވަނީ ކުރިއާ ހިލާފަށް، ފްލެޓު އަދި ބޯހިޔާވަހިކަން ދިނުމުގެ އިތުރުން އެތަންތަނަށް މީހުންނަށް ޝަތުރު ހަމަވާނެ އުސޫލީ ބަދަލުތައްވެސް ގެނެސްގެންނެވެ. މިގޮތުން ގެނެސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ މަރުކަޒީ ބޭންކް މެދުވެރިކޮށް ހުރިހާ ބޭންކްތަކަށް އަތްފޯރާ ފަށުގައި ފްލެޓް އަޅަން ލާޒިމްކޮށް ހެދި އެފޯޑަބަލް ހައުސިން ސްކީމް އެވެ.
މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ ދެ ކެޓަގަރީއެއް ހިމެނެ އެވެ. މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާޅޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ. ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ "އެފޯޑަބަލް ހޯމް އޯނާޝިޕް މޮޑެލް" އާއި "ރެންޓް-ޓު-އޯން" މޮޑެލް އެވެ.
ސަރުކާރުން ވަނީ މާލެ ސަރަޙައްދުންނާއި ރަސްމާލެ އިން 15000 ގޯތި ދޫކުރާނެކަން ކުރިން އިއުލާނުކޮށްފަ އެވެ.
މި އުސޫލުގެ ދަށުން މާލޭގެ ރަށްވެހިންނަށް ގޯތި ލިބޭނީ ގްރޭޓާ މާލެ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. މިއީ މާލެ ރަޖިސްޓްރީގައި ފެށުނީއްސުރެ އުޅެމުންދާ ފަރާތްތަކަށާއި މާލޭ ދަފްތަރުގައި ޖެހިފައިވާ ފަރާތްތަކަށާއި ފަހުން މާލޭގައި ރަޖިސްޓްރީ ވެފައިވާ ފަރާތައް ހިމެނެ އެވެ. ނަމަވެސް މި ސްކީމުން ގޯތި ލިބޭނީ މާލޭގައި ރަށްވެހި ވެގެން އުޅޭތާ 5 އަހަރަށް ވުރެ ގިނަ ދުވަސްވީ މިހުންނަށެވެ. ދެން ގޯތިދޭ ބައިގައި ހިމެނެނީ މާލޭގައި ދިިރުއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށް ވެހިންނެވެ. މި ފަރާތްތަކަށް ގޯތިދޭނީ ރަސްމާލެއިންނެވެ. މި ސްކީމުން ވެސް ފްލެޓް ލިބޭނީ މާލޭގައި މެދުނުކެނޑި ދިިރިއުޅެމުންދާތާ 15 އަހަރުވެފައިވާ ފަރާތްތަކަށެވެ.