ހިޔާ ފްލެޓާއި ވިނަރެސް އަށް ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ކުޑަ ކުރަނީ

ރައީސް މުއިއްޒު އެކްސްގައި ވަނީ ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނުގެ އިންޓްރެސްޓް ކުޑަ ކުރަން ވަނީ އެދިވަޑައިގެންފަ އެވެ.

ތަރައްގީގެ 200އަށް ވުރެ ގިނަ މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު --ފޮޓޯ: ރައީސް އޮފީސް

ހިޔާ ފްލެޓް ނިންމަން ދޫކޮށްފައިވާ ލޯނުތަކާއި ވިނަރެސް ގަންނަން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްދޭން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބީއެމްއެލް އާއެކު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މި ބަދަލާއެކު ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓް 12 ޕަސެންޓުން 10 ޕަސެންޓަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހަދައި ދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. 

ރައީސް ވިދާޅުވީ ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ އިންޓްރެސްޓް ރޭޓް ނުވަ ޕަސެންޓުން އަށް ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށެވެ.

"އެއީ ކުރެވިދާނެކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މިކަންތައް ކޮށްދެއްވުމަށް ވާނީ ދަންނަވާފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.