ޖަލު ހެދުން ލައިގެން ޝަރީއަތަށް ދާން ދެކޮޅު ހެދުމުން ބައްސާމް ހާޒިރު ކުރީ ކުލަ ހެދުމުގައި

ޖަލު ހުކުމް ތަންފީޒުކުރާ މީހުން އާންމުކޮށް ކޯޓަށް ހާޒިރު ކުރަނީ ބިޑި އަޅުވައިގެންނެވެ. ބައްސާމް ދެކޮޅު ހަދާތީ އެންމެފަހުން އޭނާ ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގައި ނަމަވެސް، ބިޑި އަޅުވައިގެންނެވެ.

ބައްސާމް މީގެ ކުރިން ޝަރީއަތުގެ މަޖިލީހެއްގައި --

ޖަލު ހެދުމުގައި ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރަން އުޅޭތީ، ޖަލު ގޮޅިން ނުކުންނަން އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލް ދެކޮޅު ހަދައިފި އެވެ.

އެފްއޭއެމްގެ ކޮރަޕްޝަންގެ ދެ މައްސަލައެއްގައި މިހާރު ވެސް ނުވަ އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބައްސާމްގެ މައްޗަށް މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަކީ ފީފާއިން އެފްއޭއެމްއަށް ދިން ފައިސާއިން އަމީން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލަ އެވެ.

މިއަދު 8:15 އަށް ތާވަލުކޮށްފައިވާ އެ ޝަރީއަތުގެ މަޖިލީހަށް ބައްސާމް ހާޒިރު ކުރަން އުޅުމުން އޭނާ ވަނީ ގޮޅިން ނުކުންނަން ދެކޮޅު ހަދައިފަ އެވެ. ކްރިމިނަލް ކޯޓުން ބުނީ ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުމުގައި، ބިޑި އަޅުވައިގެން ކޯޓަށް ހާޒިރު ކުރަން އުޅޭތީ ކަމަށެވެ.

ޖަލު ހުކުމް ތަންފީޒުކުރާ މީހުން އާންމުކޮށް ކޯޓަށް ހާޒިރު ކުރަނީ ބިޑި އަޅުވައިގެންނެވެ. ބައްސާމް ދެކޮޅު ހަދާތީ އެންމެފަހުން އޭނާ ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގައި ނަމަވެސް، ބިޑި އަޅުވައިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި، ވަކީލާއެކު މީޓިން ހަމަޖެހުމުގެ ދަތިކަން ބައްސާމް ފާހަގަކޮށްފައިވާތީ، ވަކީލު ބަދަލުކުރުމަށް ފަހިކޮށްދިނުމަށް ޝަރީއަތުން ވަނީ ކަރެކްޝަންސަށް އަންގާފަ އެވެ.

އަދި، މި މައްސަލައިގައި ދައުވާ ކޮށްފައިވާ އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް ކޯޓަށް ހާޒިރު ނުވާތީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ޝަރީއަތުން ވަނީ އަންގާފަ އެވެ. އޭނާ ކޯޓަށް ހާޒިރު ނުވާތީ، ހެކިބަސް ނެގުން މާދަމާއަށް ވަނީ ފަސްކޮށްފަ އެވެ.

ބައްސާމް މިވަގުތު ތަންފީޒު ކުރަމުން ދަނީ 2018 ވަނަ އަހަރު އެފްއޭއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ އޭނާގެ އެކައުންޓަށް 9،999 ޑޮލަރު ޖަމާކުރުމަށްފަހު އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ފޯރުކޮށްނުދީ، އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ މައްސަލަ ސާބިތުވެގެންނެވެ.

މި މައްސަލާގައި ބައްސާމްގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި މަނީލޯންޑްރިންގެ ދައުވާ އެވެ. ހިޔާނާތުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރަށް ޖަލަށް އަދި މަނީލޯންޑަރިންގެ ކުށަށް ފަސް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.