ސިނގިރޭޓު ވައްކަން: ބިދޭސީ މީހަކު ހައްޔަރު ކޮށްފި

އެއީ މުހައްމަދު އަލަމިން މިއާ 36، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. މިއީ މި މައްސަލައިގައި ހައްޔަރު ކުރި 10 ވަނަ މީހާ އެވެ.

ސިނގިރޭޓު ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ މީހާގެ ވަނަވަރު --

އެމްޕީއެލް ޕޯޓުގައި ހުއްޓައި ދެ ސިނގިރޭޓު ކޮންޓެއިނަރު ގެއްލުވައިލި މައްސަލައާ ގުޅިގެން ބިދޭސީ މީހަކު ހައްޔަރު ކޮށްފި އެވެ.

މިއީ ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އަހަރުގެ އޭޕްރީލް މަހު ހިފެހެއްޓި ސިނގިރޭޓެވެ. މިތަކެތީގެ އަގު 13.6 މިލިއަނަށް ވުރެ މައްޗަށް އަރަ އެވެ. ގެއްލިފައި ވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. މިތަކެތި ބަހައްޓާފައި ހުރީ އެމްޕީއެލް ހުޅުމާލެ ޕޯޓުގަ އެވެ. ސިނގިރޭޓް ނެތްކަން އެނގުނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި މިމަހުގެ 12 ވަނަ ދުވަހު ބަންގްލަދޭޝްއަށް ނިސްބަތްވާ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މުހައްމަދު އަލަމިން މިއާ 36، އެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ އެވެ. މިއީ މި މައްސަލައިގައި ހައްޔަރު ކުރި 10 ވަނަ މީހާ އެވެ.

މީގެ ކުރިން ހައްޔަރު ކޮށްފައި ވަނީ؛

  • މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު، މުއާޒު އަލީ
  • އެޕޯލޯ ކުންފުނީގެ ވެރިޔާ، މުހައްމަދު ވަހީދު (ދިގަލި)
  • ލޮޓަސް ފިހާރަތަކުގެ ވެރިޔާ، އަހުމަދު އާރިފް (އާއްޓޭ)
  • ކަސްޓަމްގެ އިސް މުވައްޒަފު، ޒިވާރު އިސްމާއިލް
  • ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން
  • ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު
  • ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަހީމް
  • ސ. ހިތަދޫ، ޗާނދަނީގެ، ހުސައިން ސާމިހު
  • މާލެ، ހ. ރުމޭނިޔާގެ، އަހުމަދު ފިރުސާން

މި މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރި ބިދޭސީ މީހާއާއެކު އަށް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭގެ ތެރޭގައި، މަޝްހޫރު ތިން ވިޔަފާރިވެރިން ވެސް ހިމެނެ އެވެ.

މި މައްސަލައިގައި އާރިފާއި ވަހީދަށް ކުރަނީ ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތެވެ. އަދި މުއާޒާއި ޒިވާރަށް ކުރަނީ އަމަލީ ގޮތުން ރާވައި ހިންގި ކަމުގެ ތުހުމަތު ކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.