ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން: މެޑަމް ސާޖިދާ

އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ، އަންހެނުން އެކި ދާއިރާތަކުން ކުރިއަރައިގެން ދަނީ އެ ޒިންމާތަކާ ވެސް އެކުގައި ކަމަށެވެ.

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރެހެނދި އެވޯޑެއް ހަވާލުކޮށްދެއްވަނީ --

ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ އެހެން ވިދާޅުވީ ރޭ ބޭއްވި 2024 އަދި 2025 ވަނަ އަހަރުގެ ރެހެނދި އެވޯޑު ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ވާހަކަ ދައްކަވަމުންނެވެ.

މެޑަލް ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނެއްގެ ވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާ ކަމަށެވެ. އަދި، ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތް ކުރާ މީހުން ބިނާކުރުމުގައި މައިންވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާ އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ، އަންހެނުން އެކި ދާއިރާތަކުން ކުރިއަރައިގެން ދަނީ އެ ޒިންމާތަކާ ވެސް އެކުގައި ކަމަށެވެ.

ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއި ޒިންމާތަކަށް އިޝާރާތް ކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ފަންނިއްޔާތަށް އަހުލުވެރިކުރުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދު ކުރުމާއި، ސިޔާސީ ފުރުސަތުތަކަށް އަންހެނުން ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ތާރީހުގެ ސޮފްހާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގާބިލު ބައެއްކަން އެކަމަނާ ފާހަގަކުރެއްވި އެވެ.

ރޭގެ ހަފުލާގައި 14 އަންހެނަކަށާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ރެހެނދި އެވޯޑު ލިބިފައިވެ އެވެ. އެފަރާތްތަކަށް އެވޯޑާއި ބުރޫޗް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.