މަރުކަޒީ ބޭންކުގެ ލަފާގައިވާ ގޮތުން މިކަމުގެ ސަބަބުން ރިކަރަންޓް ހަރަދު އިތުރުވެ ސަރުކާރުން އިތުރަށް ފައިނޭންސް ހޯދަން ޖެހުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައިވެ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރާއިރު، ހުރިހާ މުވައްޒަފުންގެ މުސާރަ އެއްފަހަރާ ބޮޑު ކޮށްފިނަމަ އިގްތިސޯދަށް ލޮޅުން އެރުން ގާތް ކަމަށް މަރުކަޒީ ބޭންކް އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަށް ދިން ލަފާގައިވާ ގޮތުން އަންނަ އަހަރު ބަޖެޓުގައިވާ ގޮތަށް ޕޭހާމައިނައިޒް ކުރަން ނިންމާފައިވުމުގެ ސަބަބުން 2026 ގެ ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ރިކަރަންޓް ހޭދައަށް ކަމަށް ބުނެފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ރިކަރަންޓް ހަރަދު އިތުރުވެ ސަރުކާރުން އިތުރަށް ފައިނޭންސް ހޯދަން ޖެހުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން މުވައްޒަފުންގެ މުސާރަ އެއްފަހަރާ ބޮޑުކޮށްފިނަމަ މިހާރު ލަފާކޮށްފައިވާ ވަރަށްވުރެ މުދަލުގެ އަގު ބޮޑުވުމާއި ބާޒާރުގައި ބޭރު ފައިސާ އަށް އޮތް ޑިމާންޑް އިތުރުވުން ގާތެވެ. މިކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ އަސަރު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ.
މި ލަޔާ ބެހޭ ގޮތުން ކޮމެޓީގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ އެއް ފަހަރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިނަމަ ދިވެހި ރުފިޔާގެ ފައިނޭންސް އިތުރު ކުރުން އެކަށީގެން ވެ އެވެ. އެހެންވެ އެމްއެމްއޭ އިން ލަފާދެނީ މުސާރަ އަށް ބަދަލު ގެނައުން ބަހާލައިގެން ކުރިއަށް ގެންދިއުމަށެވެ.
ސަރުކާރުން ވަނީ ސިވިލް ސާވަންޓުންނާއި ދައުލަތުގެ އެހެން އިދާރާތަކުގެ މުވައްޒަފުން ހިމެނޭނެން މުސާރަ ބޮޑުކުރާ އަށް ދާއިރާއަށް ގެންނަ ބަދަލު އާއްމުކޮށްފަ އެވެ.
ސަރުކާރުން ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެންނަން ނިންމާފަ އެވެ. މި ބަދަލާއެކު މުސާރަ އެއްހަމަކުރެވި، އެންމެ ދަށް އަސާސީ މުސާރައިގެ ގޮތުގައި 7،000 ރުފިޔާ ކަނޑައަޅުއްވާފައިވާއިރު، މިކަމުގެ ސަބަބުން މުވައްޒަފުގެ ޕެންޝަން ފަންޑަށް ވެސް ހެޔޮ ބަދަލު އަންނާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.