ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ބިލުތަކަށް 444 މިލިއަން ދޫކޮށްފި

ރައީސް ވިދާޅުވީ ރެޔާ ޖެހެންދެން 1040 ފަރާތަކަށް ނުދީ ހުރި ފައިސާ ދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ނުދީ ހުރި ޕެންޑިން ބިލުތަކަށް 444.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު --

މިދިޔަ އެމްޑީޕީ ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، ނުދައްކާ ކުރި 444 މިލިއަން ރުފިޔާ މިހާތަނަށް ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ، ފަސް ހަފުތާތެރޭގައި ދައްކާ ނިންމާލާނެ ކަމަށް މިދިޔަ މަހުގެ ދެވަނަ ދުވަހު ރައީސް ވިދާޅުވެފައިވެ އެވެ.

ޕީއެންސީގެ ބޮޑު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މުއްދަތު މިމަހުގެ ހަވަނަ ދުވަހު ހަމަވިއިރު، އެ ފައިސާ އަދިވެސް ދޫކުރުން ކުރިއަށް ދާ ކަމަށެވެ.

ރައީސް ވިދާޅުވީ ރެޔާ ޖެހެންދެން 1040 ފަރާތަކަށް ނުދީ ހުރި ފައިސާ ދީފައިވާ ކަމަށެވެ. އެ ފަރާތްތަކަށް ނުދީ ހުރި ޕެންޑިން ބިލުތަކަށް 444.3 މިލިއަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެއްވި އެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިއަށް ދާނެ ކަމަށާއި، އެގޮތަށް ގޮސް، ފައިސާ ދޭންޖެހޭ ހުރިހާ ފަރާތްތަކަށް ފައިސާ ދީ ނިންމައިލާނެ ކަމަށެވެ.

"ހަގީގީ މާނައިގައި ފުނިޖައްސާފައޭ އޮތީ ހަމަ، އެއީ ވެސް މިިދިޔަ ސަރުކާރުން އެކި މަސައްކަތްކުރުވާފައި. އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތަކޭ. އެ ހުރިހާ މީހުންނަށް ދޭންވާ ފައިސާދީ މި ނިންމަނީ ފައިސާ ޗާޕު ނުކޮށް. އަޅުގަނޑުމެން ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއްނޫން ފައިސާ ޗާޕު ކުރާކަށް،" ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.