އިސްލާމީ ހުދޫދުން ބޭރުން ހިޔާލުފާޅުކުރަން އެހެން ގައުމަކަށް ދޭ: ރައީސް

"ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮންނާނެ. ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް އެބައޮތް، ކަރާމާތެއް އެބައޮތް، އިންސާނީ ކަރާމާތް. އެ ވެއްޔާ މޮޑެލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ރައީސް ޑރ. މުއިއްޒު --

އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ފުރިހަމައަށް އޮންނާނެ ކަމަށާއި، އެ ހުދޫދުން ބޭރުވާ މީހުން ދާންވީ އެހެން ގައުމަކަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް އޮތް ތާއީދު ދައްކައިލި ބޮޑު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ޝަރީއަތުގައި ކަނޑައަޅާފައިވާ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނަން ދިވެހިން ބޭނުން ނުވާކަމަށާއި އެކަމަށް ރާއްޖޭގައި ފުރުސަތު ދެވެން ވެސް ނެތް ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ. އެކަމަކު އިސްލާމީ ހުދޫދުގެ ތެރޭގައި. އެ ހުދޫދުގެ ބޭނުން ހިޔާލުފާޅުކުރަންޏާ އެހެން ގައުމަކަށް ދާން ޖެހޭނީ. ފަރަންޖީ ކޮންމެ ތަނަކުން ކިތަންމެ ބަޔާނެއް ނެރުނަސް ފަރުވާލެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މީޑިއާ ރެގިއުލޭޓް ކުރާ ބިލު ފާސް ކުރުމުން، އެކަމާ ދެކޮޅަށް ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް ޖަމިއްޔާތަކާއި އެމްބަސީތަކުން ވާހަކަ ދައްކާފައި ވަނިކޮށެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ރައީސް ޑރ. މުއިއްޒު --

"ކޮންމެ މީހެއްގެ ވެސް އަބުރާއި އިއްޒަތެއް އޮންނާނެ. ކޮންމެ މީހެއްގެ ވެސް ހައްގުތަކެއް އެބައޮތް، ކަރާމާތެއް އެބައޮތް، އިންސާނީ ކަރާމާތް. އެ ވެއްޔާ މޮޑެލުމުގެ ފުރުސަތެއް މި ސަރުކާރަކުން ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިސްލާމް ދީނުގެ އެންމެ ބޮޑު ހައްގަކީ އަބުރުގެ ހައްކު ކަމަށާއި، އެ ހައްގު ދިނުމުގައި އެއްވެސް މީހަކަށް ތަފާތު ނުކުރާނެ ކަމަށެވެ. އަދި، މި ސަރުކާރުން ރައްޔިތުންގެ ހައްގު ފުޅާކޮށްދޭން ކަމަށާއި، "ހަމަ ކޮންމެ މީހަކު ރެޔާ ދުވާލު 24 ގަޑިއިރު އެއްވެގެން ތިބެންވީ" ކަމަށެވެ. 

ރައީސް ވިދާޅުވީ ކުރީގައި ހުއްދަ ނުހޯދައި އެއްވެވޭނެ ތަނަކަށް އޮތީ ކާނިވާ ސަރަހައްދު އެކަނި ކަމަށެވެ. ނަމަވެސް އިތުރު ހަތަރު ސަރަހައްދެއް މިހާރު އޭގައި ހިމަނާފައިވާ ކަމަށާއި، ނަމަވެސް ސަރުކާރާ ދެކޮޅު ބަޔަކު ތަނަކަށް އެއްވާ ތަނެއް މިހާރު ވެސް ނުފެންނަކަން ރައީސް ފާހަގަކުރެއްވި އެވެ.

އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކޮށްގެން މީހަކު އަޅާނުލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.