މާދަމާ މުއްދަތު ހަމަވާއިރު ބަޔޯމެޓްރިކް ނުދޭ ބިދޭސީން ޑިޕޯޓުކުރަން ފަށަނީ

"މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ."

ދުވާފަރުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ބިދޭސީން --

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، އެ މައުލޫމާތު ނުދޭ ބިދޭސީން ޑިޕޯޓުކުރަން ފަށާނެކަމުގެ އިންޒާރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ރާއްޖޭގައި ޒަމާނުއްސުރެ ހައްލުނުވެ ހުރި މައްސަލަތައް ހައްލުކުރުމަށް ކަމަށެވެ. 

މިގޮތުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ. 

ކުރީގެ ސަރުކާރުތަކުގެ އިހުމާލުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރެވިފައިނެތް ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން "ކުރަނގި"ގެ ނަމުގައި ފަށާފައިވާ އޮޕަރޭޝަންގެ ދަށުން 191،000އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާފައިވާ ކަމަށެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: މިހާރު

"އަޅުގަނޑުމެންނަށް އެބައިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

"މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާއި ހަމައަށް ރަޖިސްޓާ ނުވާ ނުވަތަ ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްވާ ގޮތަށް އޮތީ. މާދަމާއަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނުވަތަ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށްވެސް ނުހުރެވޭނެ ވަގުތުން ޑީޕޯޓްކުރާނެ." 

ރައީސް ވިދާޅުވީ، ސަރުކާރު ވެރިކަމާއި ހަވާލުވެ މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅުނު މީހުންނާއި އެކި ކުށްތަކުގައި ބައިވެރިވާ މީހުންނާއި ރެގިއުލަރައިޒްކުރަން ބޭނުންނުވާ މީހުން ހިމެނޭ ގޮތަށް، ޖުމްލަ 9021 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.