ރޯދަ ހަދިޔާއަށް މަސްދަޅު ކޭހާއެކު 400ރ.އަށް ވުރެ ކުޑަ ކަރަންޓު ބިލެއް

ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް އަންނަ ރޯދަ މަހު އަރާނީ ގިނަވަގެން 400ރ. ރައީސް ވިދާޅުވި

މާލޭގައި މަސްދަޅު ކޭސް ދޫކުރަނީ --

އަންނަ ރޯދަ މަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި މިދިޔަ އަހަރު ދޭން ފެށި މަސްދަޅު ކޭހުގެ އިތުރުން، ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓު ބިލަށް ދައްކަންޖެހެނީ ގިނަވަގެން 400ރ. ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާނުކުރައްވައިފި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ ރޯދަ މަހު ވެސް ސަރުކާރުން ހަދިޔާ ދޭން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން މިދިޔަ ރޯދަ މަހަކޭ އެއް ގޮތަށް އަންނަ ރޯދަމަހުވެސް ކޮންމެ ގޭބީސީއަކަށް މަސްދަޅު ކޭހެއް ސަރުކާރުން ހަދިޔާ ކުރާނެކަމަށް އެ މަނިކުފާނު އިއުލާނުކުރެއްވި އެވެ.

އޭގެއިތުރުން ޑޮމެސްޓިކް ރޭޓުން ބިލްކުރާ ގޭބީސީތަކުގެ ކަރަންޓް ބިލަށް އަންނަ ރޯދަ މަހު އަރާނީ ގިނަވަގެން 400ރ. ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި ރައީސް ޑރ. މުއިއްޒު. --ފޮޓޯ: މިހާރު

"ހަމަ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް މަސްދަޅުކޭސް ލިބޭނެ. އޭގެއިތުރަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާންމަހު ނަގާނީ 400 ރުފިޔާ. ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް މިއަންނަ ރަމަޟާންމަހު ނަގާނީ އެމަހުގެ ބިލަށް ނަގާނީ އެންމެ ގިނަވެގެން 400 ރުފިޔާ. ބާކީބައި ޑިސްކައުންޓް،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ރޯދަ މަހު ވެސް ސަރުކާރުން ވަނީ ކަރަންޓާއި ފެން ބިލުން ވެސް ޑިސްކައުންޓު ދީފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.