ލޯކަލް ޓޫރިޒަމް ފުޅާވެ 150 އެނދަށްވުރެ ގިނައިން އެނދު ހުރި ރަށްރަށުގައި 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމައިފި އެވެ.

ލޯކަލް ޓޫރިޒަމް ފުޅާވެ 150 އެނދަށްވުރެ ގިނައިން އެނދު ހުރި ރަށްރަށުގައި 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމައިފި އެވެ.
ހެދި ގޮނޑުދޮށުގައި މިރޭ ކުރިއަށް ދިޔަ ޕީއެންސީގެ ބޮޑު ޖަލްސާގައި ވާހަކަ ދައްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ 150 އެނދަށްވުރެ ގިނަ އެނދު ހުރި ރަށްތަކުގައި ޑޮލަރު އޭޓީއެމް ބަހައްޓަން ނިންމާފައިވާ ކަމަށާ، މި ބަދަލާއެކު 2،000 އަށްވުރެ ބޮޑު އާބާދީ ހުރި ރަށްތަކުގައި އޭޓީއެމް ބެހެއްޓޭނެ އެވެ.
އަދި މިއާއެކު އާބަން ސެންޓަރުގެ ގޮތުގައި ހުރި ރަށްތަަކާއި ވެރިކަން ހިންގާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓިގެންދާނެ އެވެ.
ގައުމީ ބޭންކްއިން އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ފަށާފައިވަނީ މިދިޔ އަހަރުގެ ނޮވެމްބަރު މަހު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، މި މަޝްރޫޢު ފުރަތަމަ އޭޓީއެމް ބަހައްޓަން ފެށީ ފެބްރުއަރީ 2025 ގައެވެ. ޖުމްލަ ނުވަ މަސް ދުވަހުގެ ތެރޭގައި މަޝްރޫއު ވަނީ ނިންމާލާފަ އެވެ. މި މަޝްރޫއު ނިންމާލާފައިވާކަން އިއުލާންކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ބީއެމްއެލް އޭޓީއެމް ނެޓްވޯކުގެ އަދަދު ވަނީ 251 އަށް އަރާފަ އެވެ.