ތާއީދު ދައްކާލި ބޮޑު އެއްވުމުގައި، މަހްލޫފް ޕީއެންސީއާ ގުޅިވަޑައިގެންފި

މަހްލޫފްގެ އިތުރުން ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފާއި އެމްޑީޕީ އިން ވަކިވި އެހެން ބަޔަކު ވެސް މިރޭ ޕީއެންސީއާ ވަނީ ގުޅިފަ އެވެ.

ޕީއެންސީ ގުޅިވަޑައިގެން، އެކަމުގެ އިގުރާރު މަހްލޫފް މިރޭ ރައީސް މުއިއްޒު އާ ހަވާލުކުރައްވަނީ. --ފޮޓޯ: މިހާރު

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި، އަހުމަދު މަހްލޫފް ވެރިކަން ކުރާ ޕީއެންސީ އާ މިރޭ ގުޅިވަޑައިގެންފި އެވެ. 

ސަރުކާރަށް ދެ އަހަރު ފުރުމާ ދިމާކޮށް، ރައްޔިތުންގެ ތާއީދު އޮތް ކަން ދައްކައިލަން، މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު އެއްވުމުގައި، މަހްލޫފް ޕީއެންސީއާ ރަސްމީކޮށް ގުޅިވަޑައިގެން، އެކަމުގެ އިގުރާރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ހަވާލުކުރައްވައިފަ އެވެ. 

މަހްލޫފްގެ އިތުރުން ކުރީގެ ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފާއި އެމްޑީޕީ އިން ވަކިވި އެހެން ބަޔަކު ވެސް މިރޭ ޕީއެންސީއާ ވަނީ ގުޅިފަ އެވެ. 

މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އިސްތިއުފާ ދެއްވި ސަބަބު މަހްލޫފް ހާމަކުރައްވާފައިނުވިޔަސް، އޭރު ވެސް ޕީއެންސީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އަޑުތަކެއް އިވުނެވެ. 

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޑީއާރުޕީން ސިޔާސީ ހަޔާތް ފެއްޓެވި މަހްލޫފް، ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމްއާ ގުޅިވަޑައިގެންފަ އެވެ. އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ، ޕީޕީއެމްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގައި ހުންނަވައި، ޔާމީންއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.