ޑެންގޫ ކޭސްތައް 600 އިން މަތީގައި

ޑެންގޫގެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެ، މިއަހަރުގެ ސެޕްޓެމްބަރު މަހު ޑެންގޫގެ 270 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި މިދިޔަ މަހު 626 ކޭސް ރިޕޯޓު ކޮށްފައި ވެއެވެ.

އައިޖީއެމްއެޗްގައި ނަރުހުންތަކެއް މަަސައްކަތުގައި: މިދުވަސްވަރު ޑެންގޫ ހުން އަންނަނީ ފެތުރެމުން

މިދިޔަ އަހަރާ އަޅާ ބަލާއިރު ފާއިތުވި ދެ މަހު ޑެންގޫ ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންޖީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭން މިއަދު އާންމު ކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޕޯޓު ކޮށްފައި ވަނީ ޑެންގޫގެ އަށް ކޭހެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު 10 ކޭހެވެ.

އެކަމަކު އެ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެ، މިއަހަރުގެ ސެޕްޓެމްބަރު މަހު ޑެންގޫގެ 270 ކޭސް ރިޕޯޓު ކޮށްފައިވެ އެވެ. އަދި މިދިޔަ މަހު 626 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް އެޗްޕީއޭން ބުނެފައިވެ އެވެ.

އަރިދަފުސް ރޯގާ ވެސް މިދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އަރިދަފުސްރޯގާގެ ރިޕޯޓުކޮށްފައި ވަނީ 1،408 ކޭހެވެ. އަދި އެ އަހަރުގެ އޮކްޓޯބަރު މަހު، 1،717 ކޭހެވެ. މި އަދަދުތައް މިއަހަރުގެ މި މުއްދަތުގައި ދެގުނައަށް މައްޗަށް ގޮސްފައިވެ އެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު 3،533 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ މަހު 3،820 ކޭސް ރިޕޯޓް ކޮށްފައިވެ އެވެ.

މީގެ އިތުރުން އިންފްލުއެންޒާއަށް މި އަހަރުގެ ސެޕްޓެމްބަރު މަހު 53 މީހުން އަދި މިދިޔަ މަހު އަށް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކަ އެވެ.

ޑެންގޫއިން ރައްކާތެރިވާން ކުރެވިދާނެ ކަންކަން

  •  މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވާކުރުން
  •  މަދިރި ލޯޝަން، ސްޕްރޭ ނުވަތަ މޮއިސްޗަރައިޒާ ބޭނުންކުރުން
  •  ފަތިސް ގަޑިއާއި އިރުއޮއްސޭ ގަޑީ ގޭގެ ދޮރުތައް ލެއްޕުން
  •  ފެން ހަރުލާ ތަކެއްޗާއި ތަންތަން ގޭގައި ނުބެހެއްޓުން

ރޯގާ އާއި ހުމުން ރައްކާތެރިވާން އެޅިދާނެ ފިޔަވަޅުތައް

  •  އެއްވެސް އަލާމާތެއް ހުރިނަމަ އަވަހަށް ޓެސްޓް ކުރުން
  •  ރޯގާގެ އަލާމާތެއް ހުރިނަމަ އަންގައާއި ނޭފަތް ނިވާ ވާނެހެން މާސްކު އެޅުން
  •  އާންމު ތަންތަނުގައި ގައިދުރުކަން ބެހެއްޓުން
  •  ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުން / ސެނެޓައިޒާ ބޭނުން ކޮށްގެން އަތް ސާފުކުރުން
  •  ރޯގާގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
  •  ބަލި ޖެހުމުން ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލެންޒާ ވެކްސިން ޖެހުން
  •  ކޮވިޑް ވެކްސިން ޖެހުން / ބޫސްޓާ ޑޯޒް ޖެހުން / ޝަރުތު ހަމަވާނަމަ ސެކަންޑް ބޫސްޓާ ޖެހުން
  •  ގޭގައިވެސް މާސްކު އެޅުން
  •  ކޮންމެހެން ހޮސްޕިޓަލަށް ދާން ޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއުން

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.