200 ދޯނީގައި އައިސް އުފައްދާ ނިޒާމު ހަރުކުރަން އެސްއެމްއީ ބޭންކުން ހުޅުވާލައިފި

އިސްލާމިކް ފައިނޭންސިންގެ މި ފެސިލީޓީން ދެ މިލިއަން ހަމައަށް ފައިނޭންސިން ލިބޭނެ އެވެ. އަދި ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ލިބޭނެ އެވެ. އަދި މި ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު ލިބެ އެވެ.

މަސް ދޯންޏެއްގައި މަސްވެރިންތަކެއް މަހަށް ފުރަނީ -- ޒުވާން މަސްވެރިޔާ ފޮޓޯ

ކަޅު ބިލަމަހުގެ މަސްވެރިކަން ކުރާ 200 މަސްދޯނީގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ގާއިމު ކުރުމަށް އަމާޒުކޮށް އާރުއެސްޑަބްލިޔު ފައިނޭންސިން ސްކީމްގެ ތިން ވަނަ ފިޔަވަހި ހުޅުވާލައިފި އެވެ.

އެސްއެމްއީ ބޭންކް އިން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާއި ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ތައާރަފުކޮށްފައިވާ އާރުއެސްޑަބްލިޔު ފައިނޭންސިން ސްކީމްގެ ތިންވަނަ ފިޔަވައްސަށް 200 މަސްދޯންޏަށް އަމާޒުކޮށް އެސްއެމްއީ ޑިޖިޓަލް އިން މިހާރު ވަނީ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފަ އެވެ.

އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކުރެވިފައިވާ މި ފައިނޭންންސިންގ އަމާޒުކުރެވިފައިވަނީ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވިކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިޔު) އާއި ސޯލާ ޕެނަލް އަދި ޖަނަރޭޓަރު ސެޓް ލުއި ފަސޭހެ ގޮތެއްގައި ފައިނޭންސްކޮށްދިނުމަށެވެ.

މިއީ ޕްރޮޖެކްޓް ފައިނޭންސިންގގެ ގޮތުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން އިންސްޓޯލްމަންޓް ސޭލް ފައިނޭންސިންގ އާއި ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އިން ދޭ ހިލޭ އެހީ ހިމެނޭހެން ފަރުމާކުރެވިފައިވާ ސްކީމެކެވެ. 

މި ސްކީމްގެ ދަށުން ފައިނޭންންސިން ލިބި އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމުން، ގަތުމުގެ އަގުގެ 35 އިންސައްތަ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނިކުރެވޭނެއެވެ. މިއީ މިހާރު މަސްވެރިކަންކުރާ އުޅަނދުފަހަރުގައި ގާއިމްކުރެވޭ ވަސީލަތްތައް ޒަމާނީކުރުމަށް ލިބިގެންވާ ރަނގަޅު ފުރުސަތެކެވެ.

ފައިނޭންންސިން މައުލޫމާތު

  • ދެ މިލިއަން ހަމައަށް ފައިނޭންސިން
  • ގްރޭސް މުއްދަތުގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް
  • ފެސިލިޓީ ދެއްކުމަށް ގިނަވަގެން 10 އަހަރު
  • ފާއިދާ ހިސާބުކުރާނީ އަހަރަކަށް %6 ރޭޓްގައި ގައި
  • ރަހުނެއް ބޭނުމެއް ނުވޭ
  • އަމިއްލަ އަތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭ

މިސްކީމްގެ ތިންވަނަ ފިޔަވައްސަށް އެޕްލިކޭޝަން ބަލައިގަތުމަށް މިކުންފުނީގެ ވެބްސައިޓް ގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މިހާރުވަނީ ހުޅުވާލާފައިއެވެ.

މި ސްކީމާއި ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށްޓަކައި ހުޅުވާލާފައިވާ މިސްކީމުގެ ތެރެއިން، ލޮނުފެނުން މަސްފިނިކުރާ ނިޒާމު ދޯނިފަހަރުގައި ދަނީ ގާއިމު ކުރެވެމެވެ.

"ގިނަ އޮޑިދޯނިފަހަރުގައި މި ނިޒާމު ޤާއިމުކުރެވެމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފާކުރާ ކަމެއް އަދި މިއީ މަސްވެރިންނާއި އޮޑިވެރިންނަށް ލިބުނު މުހިންމު ކުރިއެރުމެއްކަން ފާހަގަކުރަން. މީގެ ސަބަބުން އައިސް ހޯދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ޙައްލެއް ހޯދައިދެވި، އައިސް ހޯދުމަށް ހިނގަމުންދިޔަ ހަރަދު ކުޑަކުރެވިގެންދާނެ. އަދި ތިންވަނަ ފިޔަވަހި ހުޅުވާލުމާއެކު، އިތުރު މަސްވެރިންނާއި އޮޑިވެރިންނަށް މި ލުއިފަސޭހަ ފުރުސަތުގެ ބޭނުން ހިފުމަށް މަގު ތަނަވަސްވެގެންދާނެ،" ބަދުރު ވިދާޅުވި އެވެ. 

އެލްއެލްއެފް އާއި އައިއެސްޑީބީ ގެ އެހީތެރިކަމާއެކު ހިންގޭ މިޕްރޮޖްކްޓްގެ ދަށުން ދޫކުރެވޭ ފައިނޭންސިން ފެސިލިޓީގެ ތެރެއިން އިޔާދަކުރަނިވި ހަކަތައިން އުފެއްދޭ ކަރަންޓު ބޭނުންކުރުން އިތުރުކޮށް، މަސްވެރިކަން ކުރުމުގެ ތެރެއިން ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު މަދުކުރުމަށް އިސްކަންދެވިފައިވެއެވެ. މިސްކީމްގެ ތެރެއިން މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ އެސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާހުރި ދެމެހެއްޓެނި ގޮތުގައި ކުރެވޭނޭ މަސައްކަތެއް ކަމުގައި ހެދޭނެ އެވެ.

ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައޮ މި ސްކީމްގެ ފުރަތަމަ ފިޔަވައްސަށް 2024 ވަނަ އަހަރު އަދި ދެވެނަ ފިޔަވައްސަށް 2025 އަހަރު ހުޅުވާލައި މިހާތަނަށް 35 ފަރާތަކަށް 44.99 މިލިއަން ރުފިޔާގެ ފައިނޭންސިން އެޕްރޫވްކޮށް، މިހާރު ވެސް ދަނީ ފައިސާ ދޫކުރަމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.