ޕީއެންސީގެ އިސް ވެރިއަކު ބުނި ގޮތުގައި އަންދާޒާ ކުރެވޭ ގޮތުގައި މާލެއިން ބޭރުން މި ޖަލްސާ އަށް ގާތްގަނޑަކަށް 18،000 މީހުން މާލެ އަރާފައިވެ އެވެ.

ވެރިކަން ހިންގާ ޕީއެންސީއިން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު މާލެ އަރައިފި އެވެ.
ޕީއެންސީ އިން މިރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބާއްވާ ބޮޑު މި ޖަލްސާއަށް ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އައިސްފަ އެވެ. މިގޮތުން އިއްޔެއިން ފެށިގެން މާލެއަށް މީހުން އަންނަމުން ދިޔައިރު މިއަދު ހެނދުނު ފ. ނިލަންދޫއިން ވަނީ ގާތްގަނޑަކަށް 180 މީހުން ބޯޓެއްގައި އައިސްފަ އެވެ.
ޕީއެންސީގެ އިސް ވެރިއަކު ބުނި ގޮތުގައި އަންދާޒާ ކުރެވޭ ގޮތުގައި މާލެއިން ބޭރުން މި ޖަލްސާ އަށް ގާތްގަނޑަކަށް 18،000 މީހުން މާލެ އަރާފައިވެ އެވެ.