އަގުހެޔޮކޮށް ވިއްކާ 3،000 ފްލެޓް | ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ކުންފުންޏަށް ބިން

މި އެއްބަސްވުމުގެ ދަށުން 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހަވާލުކޮށްފައިވަނީ ހުޅުމާލެ އެކެއް އާއި ހުޅުމާލެ ތިނެއްގެ އިތުރުން ވިލިމާލެ އިންނެވެ.

ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓާ ސަރުކާރާ ދެމެދު ސޮއިކުރަނީ -- ބީއެމްއެލް

ސަރުކާރުން އަގުހެޔޮކޮށް ބޯހިޔާވަހިކަން ހިންގާ މަޝްރޫއުގެ ދަށުން އަގުހެޔޮކޮށް ވިއްކާ 3،000 ފްލެޓު އަޅަން ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް ކުންފުންޏަށް ބިންތައް ހަވާލުކޮށްފި އެވެ.

ބީއެމްއެލްގައި މިއަދު އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހައުސިން މިނިސްޓަރު އަބްދުﷲ މުއްތޮލިބު އެވެ. އަދި ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހަސަން ޝާމް އެވެ.

މި އެއްބަސްވުމުގެ ދަށުން 3،000 ފްލެޓް އިމާރާތް ކުރުމަށް ބޭނުންވާ ބިން ހަވާލުކޮށްފައިވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ 3 ގެ އިތުރުން ވިލިމާލެ އިންނެވެ. 

މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ އެފޯޑަބަލް ހޯމް އަށް ކުންފުންޏެއް އުފެއްދުމުގެ މަގުސަދަކީ އެމްއެމްއޭގެ ގަވައިދުގެ ދަށުން ލީސްޓު އޯން މޮޑެލް - ފައިސާ ދައްކާ ހަލާސްކުރާ - މޮޑެލްއެއްގައި ވިއްކާނެ ފްލެޓުތަކެއް އަޅަން ކުއްޔަށް ދިނުމެވެ. 

"ލީސް އޯން މޮޑެލްއަކަށް ދިއުމުގެ މަގުސަދަކީ ކުލީގެ މުއްދަތު ހަމަވާ ހިސާބުން އޯންކުރެވޭ މޮޑެލްއަކަށް ގެންދިއުން. މިހެން ހަދަން ޖެހޭ ސަބަބަކީ ވަރަށް ބޮޑަށް ކޮސްޓް ކުޑަވެފައި ބޭންކް ކުޑަވާނެ. މީގެ ސަބަބުން ފައިނޭންސިން ކޮސްޓާއި ޑިވްލޮޕްމަންޓް ކޮސްޓް. އަދި އިތުރު ކޮސްޓްތަކެއް ކުޑަ ވެގެންދާނެ،" ޝަރީފު ވިދާޅުވި އެވެ. 

"މީގެ ސަބަބުން ވަރަށް ބޮޑުތަން އަގުހެޔޮވާނެ. މިއީ ލިސްޓު އޯން މޮޑެލްއަށް. މީއީ އެފޯޑަބަލް ލީސް އަށް ދިއުމަކީ. އަނެއްކާ ކުއްޔަށް މި ނަގަނީ. އިކުއިޓީއެއް އިނީޝިއަލް އިންވެސްޓްމަންޓެއް ބޭނުމެއް ނުވޭ. މިކަމުގަ ބަލާފަ އިންނާނީ ބޭންކުގެ ހަރުދަނާ އުސޫލުތަކާއި ބޭންކުގެ މިންގަނޑުތަކަށް ބަލައިގެން މިދަނީ." 

މިއީ އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް" ގެ ދަށުން އަޅާނެ ފްލެޓުތަކެކެވެ. މި ސްކީމުގެ ދަށުން ހުރިހާ ބޭންކްއެއްވެސް ބައިވެރިވާން ލާޒިމްކުރެ އެވެ. އެގޮތުން ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ހާއްސަކުރަން ޖެހެ އެވެ. 

ޕްރޮޖެކްޓުގެ ފްލެޓުތައް އަޅާނެ ތަންތަން

  •  ވިލިމާލޭގައި 300 ފްލެޓް
  •  ހުޅުމާލެ ފޭސް އެކެއް އަދި ތިނެއްގައި 2700 ފްލެޓް އަޅާނެ

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ މިއަދަކީ ރާއްޖޭގެ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަން ހައްލުކުރަން ގައުމީ ބޭންކްއިން މަސައްކަތް ފަށާ ގޮތް ކަމަށެވެ. އަދި މި ސަރުކާރު އައިއިރު ރާއްޖޭގެ ހާލަތު އޮތްގޮތުން ބޭރުން ބޭރުން ލޯނު ނަގައިގެން ބޯހިޔާވަހިކަން ދޭން ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންވެ ރައީސްގެ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ފެށި މަސައްކަތް ތަކެއް ކަމަށެވެ.  

"މި މަޝްރޫއުގެ ފްލެޓުތަކަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ދޭން ސަރުކާރުން ބޭންކްއަށް ބިން މިދެނީ އަގަކާ ނުލައި ދައުލަތުން އަގުގަ ހިފާގޮތަށް. މީގެ ސަބަބުން މިހާރު ދޫކުރާ ޔުނިޓުތަކުގެ އަގާއެއްވަރެއްގައި ހިފެހެއްޓޭނެ،" މުއްތޮލިބު ވިދާޅުވި އެވެ. 

ފްލެޓަށް ކުރިމަތިލެވޭނެ ފަރާތްތައް

  •  ފްލެޓު ދޭނީ ސަރުކާރުން އިއުލާނު ކުރާ ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކަށް
  •  ހަމައެއާއެކު ބޭންކުގެ އުސޫލުތަކަށް ފެތެން ވެސް ޖެހޭ

މިނިސްޓަރު ވިދާޅުވީ ބީއެމްއެލްގެ މެނޭޖުމަންޓުން މިއަދު ދެމުން އެދަނީ މީގެ ކުރިން ބޭންކުގެ އެއްވެސް މެނޭޖުމަންޓަކުން ސަރުކާރަށް ދީފައި ނުވާވަރުގެ އެއްބާރުލުމެއް ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރު ވަނީ ބޭންކުގެ މެނޭޖުމަންޓަށް ޝުކުރު އަދާކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.