ފިޝަރީޒް މިނިސްޓްރީން ދަނީ ކަނޑުއޮތްގިރި ބަދަލުކުރަށްފަހު ކަންނެލި މަސްވެރިކަމާ ބެހޭ މަސައްކަތްތަކެއް ހުޅުލޭގައި ފަށަން ތައްޔާރުވަމުންނެވެ.

ކަންނެލި ގަންނަން ފަށަން ހުޅުމާލޭގައި ކޯލްޑް ޗެއިން ކޮމްޕެންސް އަޅައިދޭނެ ބަޔަކު ހޯދަން ފިޝަރީޒް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި ހިންގަމުންދާ އޭޝިއާ ޕެސިފިކް ވެކްސިން އެކްސެސް ފެސިލިޓީ (އެޕްވެކްސް) ޕްރޮޖެކްޓު ގެ ދަށުން ހުޅުމާލޭގައި ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ އިތުރުން އިދާރީ އޮފީހެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައިވާކަމަށާ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1500ރ، ނުވަތަ 100 ޑޮލަރުގެ ނަންރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެ އެވެ. މި ޕްރޮޖެކްޓަށް ބިޑް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ފިޝަރީޒް މިނިސްޓްރީން ދަނީ ކަނޑުއޮތްގިރި ބަދަލުކުރަށްފަހު ކަންނެލި މަސްވެރިކަމާ ބެހޭ މަސައްކަތްތަކެއް ހުޅުލޭގައި ފަށަން ތައްޔާރުވަމުންނެވެ. މިކަން ކުރުމަށްޓަކައި އެޗްޑީސީ އިން ސަރުކާރަށް ވަނީ ބިމެއްވެސް ހަވާލުކޮށްފަ އެވެ. މިތަން ފަރުމާ ކުރުމަށް ފިޝަރީޒް މިނިސްޓްރީން ގެންގުޅޭ ޕްލޭންއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޕެކް ކުރުމެވެ.