ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އީ-ވޯޓިންއަށް ދިޔުމުގެ ވިސްނުމެއް އީސީން ނުގެންގުޅޭ

އެ ނިޒާމު ބަދަލުކުރެވޭނެ މާހައުލެއް މި ވަގުތު ރާއްޖޭގައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އީސީގެ މެމްބަރުން. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި އިންތިހާބުތަކުގައި ވޯޓުލުމުގެ ނިޒާމަށް ރައްޔިތުން އިތުބާރުކުރާ ކަމަށާއި، އެކަން ގެއްލޭ ގޮތަށް އީ-ވޯޓިންގެ ނިޒާމަކަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ބުނެފި އެވެ.

އަންނަ އަހަރު އީސީއަށް ކަނޑައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީގައި، މެމްބަރުން ވަނީ އިންތިހާބުތައް ބާއްވަން ދައުލަތުން ކުރާ ހަރަދު ކުޑަކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުގެ މެމްބަރުންނަށް ސުވާލުތައް އަމާޒުކުރައްވައިފަ އެވެ.

ބައެއް ގައުމުތަކުގައި އަމަލުކުރާ ގޮތަށް، ރާއްޖޭގައި ވެސް އީވޯޓިން ތައާރަފް ކުރުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ސުވާލު ކުރެއްވި އެވެ.

ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ރާއްޖޭގައި މިހާރު އޮތީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމެއް ކަމަށާއި، އެއީ އިންތިހާބެއްގެ އެންމެ މުހިންމު ރުކުން ކަމަށެވެ. 

އެހެންކަމުން، އެ ނިޒާމު ބަދަލުކުރެވޭނެ މާހައުލެއް މި ވަގުތު ރާއްޖޭގައި އޮތް ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް މާފާއެކު ދަންނަވަން، އީވޯޓިން އަށް ދިޔުމުގެ އެއްވެސް ވިސްނުމެއް އީސީއަކުން ނުގެންގުޅެން. އީވޯޓިންއަށް ދާނެ މާހައުލެއް މިވަގުތު ރާއްޖޭގައި އޮތް ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ،" ޒާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އީ-ވޯޓިން ތައާރަފްކުރާނަމަ، އީސީއަށް އެންމެ މުހިންމީ ސިޔާސީ ޕާޓީތަކުގެ އެއްބާރުލުމެވެ. މިގޮތުން، އާ ނިޒާމަކަށް ބަދަލުކުރުމުގައި ރައްޔިތުންނަށް ބޭނުންވާ ޔަގީންކަން ދެވޭނީ، ސިޔާސީ ޕާޓީތަކުން އީސީ އާއެކު މަސައްކަތްކޮށް، ރައްޔިތުންނަށް ވިސްނައިދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.