ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގަން އެމްޕީއެލްއާއި އެމްއެންޔޫ އެއްބަސްވެއްޖެ

މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.

ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ކޯހެއް ހިންގުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެެވެ.

މި ފަހުމުނާމާގައި ސޮއިކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު މުހައްމަދު މުއީނެވެ. އަދި އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ.

މި އެއްބަސްވުމުގެ ދަށުން އެމްޕީއެލް އާއި އެމްއެންޔޫ ގުޅިގެން "މޮޑާން ޕޯޓް މެނޭޖްމަންޓް"ގެ ޑިގްރީ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ އެކްރެޑިޝޭނާއެކު، ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ހިންގާ ފުރަތަމަ ޑިގްރީ ޕްރޮގްރާމެވެ.

އެމްޕީއެލް ޕޯޓް ޓްރެއިނިން ސެންޓަރުން މިހާރުވެސް ދަނީ އެކުންފުނީގެ މުވައްޒަފުންނަށް ޕޯޓް މެނޭޖްމަންޓްގެ ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ބައެއް ކޯސްތައް ހިންގަމުންނެވެ. މީގެ އިތުުރުން މުވައްޒަފުންނަށް ތައުލިމާއި ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ދަނީ ފޯރުކޮށްދެމުންނެވެ.
 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.