މީގެއިތުރުން، މުއްސަނދިންގެ އަތުން އެކަށީގެންވާ ގޮތެއްގައި މުދަލު ޒަކާތް ނެގޭނަމަ، ރާއްޖޭގައި ފަގީރުން ނުތިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ސިއްހީ ފަރުވާއަށް އެހީދޭ އިންޝޫރަންސް ނިޒާމު، އާސަންދަ، ރާއްޖޭގައި އުޅޭ މުއްސަނދިންނަށް ދިނުން ހުއްޓައިލަންޖެހޭ ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ސަލީމް ވިދާޅުވީ އާސަންދަ އާއި ދައުލަތުންދޭ އެފަދަ އެހެން އިނާޔަތްތައް މުއްސަނދިންނަށް ދިނުން ހުއްޓައިލާ، އެ ދައުލަތުން ދޭ މި އެހީ ނިކަމެތިންނަށް އެކަނި ހާއްސަ ކުރަންޖެހޭ ކަމަށެވެ.
"މި ރާއްޖޭގައި އާސަންދަ އާއި އެންސްޕާ [ހިދުމަތް] ލިބޭ ކިތަންމެ ތަނަވަސް މީހަަކަށް ވިޔަސް. އަދި 65 އަހަރުވީމާ އެ ލިބޭ 5،000 ރުފިޔާ ވެސް، އެއީ މަހުޖަނަކަށް ވިޔަސް. ކިތަންމެ ބޮޑު ވިޔަފާރިވެރިއަކަށް ވިޔަސް، އެ 5،000 ރުފިޔާ ވެސް އެބަ ނަގާ. އެހެންވީމާ އަަޅުގަނޑުމެން މިހިރަ ކަންތައްތައް ބަލައިގެން މި ކަންތައްތައް އެބަ ޖެހޭ ހުއްޓުވަން،" ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވި އެވެ.
މީގެއިތުރުން، މުއްސަނދިންގެ އަތުން އެކަށީގެންވާ ގޮތެއްގައި މުދަލު ޒަކާތް ނެގޭނަމަ، ރާއްޖޭގައި ފަގީރުން ނުތިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.