އަނިޔާ ކުރާ ކަމުގެ ރިޕޯޓަކާ ގުޅިގެން ފުލުހުން ދިޔައިރު 17 ކިލޯގެ ޑްރަގު

"އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ހައްޔަރު ކުރި މީހާ --

އެމްޕީއެލް ޓަވަރެއްގެ އެޕާޓްމަންޓަކުން ފިރިހެނަކަށް އަނިޔާ ކުރާ ކަމަށް ރިޕޯޓު ކުރުމުން، ފުލުހުން ގޮސް އެ އެޕާޓްމެންޓް ބެލިއިރު 17 ކިލޯގެ މަސްތުވާތަކެތި ފެނެއްޖެ އެވެ.

ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 01:31 ހާއިރު، ފިރިހެނަކަށް އަނިޔާކުރާ އަޑު އިވޭކަމަށް ބުނާ ރިޕޯޓަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުލުހުން ރެސްޕޮންޑްކުރުމަށްފަހު، މަސްތުވާތަކެތި ހުރިކަމަށް ތުހުމަތު ކުރެވިގެން އެ އެޕާޓްމަންޓް ބަލައި ފާސްކުރިއިރު ކަމަށެވެ.

"އެޕާޓްމަންޓް ބަލާފާސްކުރި އިރު، ވަގުތީ ބަރުދަނުގައި 17.39 ކިލޯ ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފުލުހުންނަށް ވަނީ ފެނިފައި،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން، އެވަގުތު އެޕާޓްމަންޓުގައި ހުރި، ދަފްތަރު. ނަންބަރު ދރ 1786 / މާލެ، މުހައްމަދު ޖަޒުލާން އަޝްރަފު 29، ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އެ އެޕާޓްމެންޓްގައި ފުލުހުން ދިޔައިރު ޖަޒުލާނު ނޫނީ އިތުރު މީހަކު ނެތެވެ. އެޕާޓްމެންޓްތެރޭގައި ތަކެއްޗަށް ގެއްލުންދީ، ހަމަނުޖެހުމެއް ހިންގާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޑްރަގް އެންފޯސްމަންޓާއި ހުޅުމާލެ ޕޮލިސް ގުޅިގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.