ރަސްމާލެ ހިއްކުން އަވަސްކޮށް، މާލޭގައި ދިރިއުޅޭ މީހުންނަށް 15،000 ގޯތި ދެނީ

ރައީސް ހާމަކުރެއްވި ގޮތުގައި، މި ގޯތިތައް ދޭން ނިންމާފައިވަނީ ރަސްމާލެ ހިއްކުން އަވަސްކޮށް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އެކީގައި ނިންމާލުމަށްފަހު އެވެ.

ރަސްމާލެ ތަރައްގީކުރަން ހިއްކާފައިވާ 101 ހެކްޓަރުގެ ބިން -- ފޮޓޯ: އެޗްޑީސީ

މި ސަރުކާރުގެ އެންމެ ބިޔަ މަޝްރޫއު، ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސްކޮށް، މާލެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށް ކުރިމަތިލެވޭ ގޮތަށް 15،000 ގޯއްޗަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފި އެވެ. 

ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މާލެ އަށް ވީ ވައުދުތައް ފުއްދުމަށް ގޯތީގެ އިތުރުން ފެލްޓު މަޝްރޫއުތަކެއް ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަަމަށެވެ.

ރައީސް ހާމަކުރެއްވި ގޮތުގައި، މި ގޯތިތައް ދޭން ނިންމާފައިވަނީ ރަސްމާލެ ހިއްކުން އަވަސްކޮށް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި އެކީގައި ނިންމާލުމަށްފަހު އެވެ. 

"އެ 15،000 ގޯތި ދޭނީ މާލޭ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭތާ ގިނަ ދުވަސްވީ މީހުންނާއި މާލޭގެ ދަފްތަރުގައި ތިބި މީހުންނާއި ލާޖައްސައިގެން ގޯތި ބޭނުންވާ މީހުންނަށް،" ރައީސް ވިދާޅުވި އެވެ.

ރަސްމާލޭގެ އިތުރުން، ހުޅުމާލެ 3 ގެ ބާކީ ބައި ހިއްކަން އިއްޔެ ފަށާފައިވާއިރު، ގިރާވަރު ފަޅުގެ ބާކީ އޮތް ބައި ހިއްކަން ވެސް އިއްޔެ އެއްބަސްވުމެއް ހަދާފައިވާ ކަމަށާއި މި އަހަރު ނިމުމުގެ ކުރިން އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ވެސް އަލުން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން، މި އަހަރު ނިމުމުގެ ކުރިން 3،000 ފްލެޓް އެޅުމުގެ އާ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށާއި އަދި ބޭރު ގައުމުތަކުގެ އެހީގައި ހިންގާ ހައުސިންގެ އެހެން ބައެއް މަޝްރޫއުތައް ވެސް ފަށާނެ ކަމަށް ވިދާޅުވިި އެވެ.

"އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން 4،000 ހައުސިން ޔުނިޓެއް ވެސް ހަމަޖެހިފައި އޮތީ. އޭގެ މަސައްކަތްތައް ވެސް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.

"ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފެށޭނެ."

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.