އެމްއެމްޑީއެފް އިން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ގިނަ އުޅަނދުތައް އެއް ތަނެއްގައި އަޅާފައި އޮންނަ ފަޅު ކަމަށްވާ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް އުޅަނދެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެމްޑީއެފް އިން ބުނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެގެން، އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ. އިތުރު ތަފުސީލެއް ސިފައިން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޯވެފައިވަނީ އެ ފަޅުގައި އަޅާފައިވާ ސަފާރީއެއް ފަދަ އުޅަނދެއްގަ އެވެ.