މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެތަނުން އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިކަގަސްމަގުގައި ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ.
އެކްސިޑެންޓް ހިނގާފައި ވަނީ ވަންވޭ އާ ހިލާފަށް އައި ސައިކަލެއް، އެ މަގަށް އެޅި އެހެން ސައިކަލެއްގައި ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އެތަނުން އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓްގައި މަރުވެފައި ވަނީ ކ. ދިއްފުށި، ލައިޓްގާޑަން، އިސްމާއިލް ރަޔާން ބިން ނާޒިމް 19، އެވެ.
އަނިޔާވި އަނެއް ދެ މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.