ބީއެމްއެލް އިން ވަނީ މި ބަދަލުގެ އިތުރުން ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ.

ބީއެމްއެލް ކާޑުތަކުން ރާއްޖޭން ބޭރުގައި ބޭނުން ކުރެވޭ، ލިމިޓް 500 ޑޮލަރުން 1،000 ޑޮލަރަށް މަތިކޮށްފި އެވެ.
ބީއެމްއެލްގެ ކަސްޓަމަރުން އެދެމުން ދިޔަ ބޮޑު މި ބަދަލު މާދަމާ އިން ފެށިގެން ގެންނަކަން އިއުލާނު ކުރުމުގެ ގޮތުން ބީއެމްއެލް އިން ބުނީ އެ ކުންފުނީގެ ޑެބިޓް ކާޑުން ރާއްޖޭން ބޭރުގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ލިމިޓް މާދަމަ އިން ފެށިގެން ބޮޑުވާނެ އެވެ.
މި ބަދަލާއެކު ކާޑު މެޝިނުން ކުރާ މުއާމަލާތްތަކަށް މަހަކު 1,000 ޑޮލަރަށް މި ލިމިޓް އިތުރުވާނެ އެވެ. މި ބަދަލު ގެނައުމުގެ ކުރީގައި ކޮވިޑް-19 އިން ފެށިގެން އޮތީ މަހަކު 250 ޑޮލަރު ބޭނުން ކުރެވޭ ގޮތަށެވެ. ނަމަވެސް ޖުލައި މަހުން ފެށިގެން މި އަދަދު 500 ޑޮލަރަށް ވަނީ މަތިކޮށްފަ އެވެ.
ބީއެމްއެލް އިން ވަނީ މި ބަދަލުގެ އިތުރުން ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ޚަރަދުކުރެވޭ މިންވަރު ވެސް ވަނީ މަހަކު 3,000 ޑޮލަރަށް އިތުރުކޮށްފަ އެވެ. މި ބަދަލާއެކު ރާއްޖޭން ބޭރަށް ދަތުރު ކުރަން ބޭނުންވާ ބީއެމްއެލް ކަސްޓަމަރުން އެކައުންޓުގައި ދިވެހި ރުފިޔާ ހުރެއްޖެނަމަ އެއާލައިންތަކުގެ ސައިޓްތަކުން ޑައިރެކްޓްކޮށް ދުރާލާ ޓިކެޓު ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ކާޑުން ހޮޓަލަށް ފައިސާ ދެއްކުމުގެ ގާބިލްކަން ވެސް އިތުރުވާނެ އެވެ. މިހާރު ޓިކެޓު ނަަގަން ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ ކާޑުގައި 250 ޑޮލަރުގެ ލިމިޓެއް އިންނާތީ އެ ވަރުން ނުވުމެވެ.
ބީއެމްއެލް އިން ބުނީ ކަސްޓަމަރުންނަށް އިތުރު އެއްވެސް އެޕްލިކޭޝަނަކާ ނުލައި މި އާ ލިމިޓްތައް ވަގުތުން ބޭނުންކުރަން ފެށޭނެ އެވެ.
ބީއެމްއެލް އޭޓީއެމް ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުން ފާހަގަ ކުރަން ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފު ވިދާޅުވެފައިވާ ގޮތުގައި އެކި ބޭނުންތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތެއްގައި އެވެ. މި ބަަދަލު ގެނެސްފައިވަނީ ބޭންކަށް ކުރިން ދިމާވެފައިވާ ފޮރިން އެކްސްޗޭންޖް ޝޯޓް ޕޮޒިޝަން ހަރުދަނާ ސިޔާސަތެއްގެ ދަށުން ރަނގަޅު ކުރަން ސަރުކާރުން އެހީތެރިވެ ދިނުމުންނެވެ.
މި ބަދަލު ގެނައިނަމަވެސް ރާއްޖޭން ބޭރަށް ފުރާ މީހުންނަށް ދޫކުރާ 500 ޑޮލަރު މިހާރުވެސް އެގޮތަށް ލިބޭނެ އެވެ. މީގެ އިތުރުން އާސަންދަ ބަލި މީހުންނަށް ބީއެމްއެލް އިން ޑޮލަރު ދޫކުރެ އެވެ. އަދި އުމްރާ ވެރިންނާއި ހައްޖު ވެރިންނަށްވެސް ވަކިން ޑޮލަރު ދޫކުރެ އެވެ.