ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. މިއީ އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ.

ގައުމީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހިންގާ އެމްޕީއެލް އެޕްރެންޓިސް ޕްރޮގްރާމްގައި މި އަހަރު 20 ފަރާތެއް ވަނީ ބައިވެރިވެފަ އެވެ. މިއީ އެމްޕީއެލްގެ އެޕްރެންޓިސް ޕްރޮގްރާމްގެ 12 ވަނަ ބެޗެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށީ އެމްޕ.އެލް ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު ހާއްސަ ރަސްްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމްގެ ބައިވެރިންނަށް އޮފާ ލެޓާ ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނު، ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޖަވާޒެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޑީސީޕީ (ރިޓަޔަރޑް) މުހައްމަދު ރިޝްވާން ވެސް ބައިވެރިވެވަޑައިގަތެވެ.
މި ޕްރޮގްރާމަކީ ހަ މަސް ދުވަހުގެ މުއްދަތަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކުވެސް 5,000 ރުފިޔާގެ އެލަވަންސެއް ދޭނެ އެވެ. އެމްޕީއެލްއިން މިފަހަރު ހުޅުވާލި މި ޕްރޮގްރާމްގައި ޖުމްލަ ހަ ދާއިރާއަކުން ފުރުސަތު ހުޅުވާލެވުނެވެ. އެއީ:
އެމްޕީއެލްގެ ސީއީއޯ ރިޝްވާން ވިދާޅުވީ، އެމްޕީއެލްގެ އަމާޒަކީ ބަނދަރުގެ އެކި ދާއިރާތަކަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ތަމްރީންތައް ޒުވާނުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
"މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ގާބިލް ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، އެ ކުދިންނަށް ބޭނުންވާ އަމަލީ ތަޖުރިބާ ފޯރުކޮށްދިނުން. އަދި މި ޕްރޮގްރާމްގެ ބައިވެރިންގެ ތެރެއިން އެކަމަށް ގާބިލް ކުދިންނަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ލިބިގެންދާނެ،" ސީއީއޯ ރިޝްވާން ވިދާޅުވި އެވެ.
އެމްޕީއެލް އިން ބުނީ ވިޔަފާރި ބަނދަރުގެ އެކި ދާއިރާތަކުގައި ޒުވާނުންގެ ބައިިވެރިވުން އިތުރުކޮށް، ޒުވާނުންނަށް ވަޒީފާ އާއި ތަމްރީނުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަކީ އެ ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ.