ވީއައިއޭ އިން ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރު ކޮށްފި

އެފަހުން މިދިޔަ ހަފްތާ އިތުރު ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް 21، އެވެ.

ޑޮލަރު ބްރީފްކޭސް ފޭރުނު މައްސަލައިގައި މިދިޔަ ހަފްތާ ހައްޔަރު ކުރި ތިން މީހުން --

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 4:50 ހާއިރު ވީއައިއޭގެ އާ ޓާމިނަލް އަށް ވަންނަ ދޮރުމަތިން މޫނު ފޮރުވައިގެން ތިބި ދެ މީހަކު ވަނީ ބޭންކުގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރިގެންފަ އެވެ. ފޭރުނީ ވަޅިން ބިރުދެއްކުމަށްފަހު އެވެ.

ފޭރުމަށްފަހު ލޯންޗެއްގައި ފިލައިގެން އެމީހުން ދިޔައީ މާލެ އަތޮޅު ހުރައަށެވެ. އެ ހަތަރު މީހުން އިއްޔެ ފުލުހުން ހައްޔަރު ކޮށްފައި ވަނީ އެރަށުންނެވެ. އަދި އެމީހުން ފިލި ލޯންޗު ވެސް ވަނީ ހޯދާފަ އެވެ.

މި މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، އާއި ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30، އެވެ.

އެފަހުން މިދިޔަ ހަފްތާ އިތުރު ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ، ވަށަގުލިމާގެ، އަލީ އަފްޒަލް 21، އެވެ.

މީގެ ތެރެއިން އަބްދުލްއައްވަލް ހައްޔަރުކުރީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އެވެ. އަދި މާހިދު މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައިވާއިރު އަފްޒަލް ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

މި އެންމެންވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ އޭގެ އިތުރުން ވެސް ހަތަރު މީހަކު ފުލުހުން މަނާ ކުރުމަށް އަމުރު ނެރެފައިވާ ކަމަށެވެ.

ފޭރުނު ބްރީފްކޭހުގައި ހުރީ ފަސިންޖަރުންނަށް ބޭންކުން ދޫކުރާ ޑޮލަރެވެ. ބްރިފްކޭސް ތެރޭ ލައްކައަކަށް ވުރެ ގިނަ ޑޮލަރު ހުރި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އެ ފައިސާ އަދިވެސް ހޯދިފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.