ހަނިމާދޫ އެއާޕޯޓު ހުޅުވުމާއެކު ސޯލިހުގެ ޝުކުރު އިންޑިއާއަށް

ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެއާޕޯޓާކު މުޅި ސަރަހައްދުގެ އިގުތިސާދަށް އިންގިލާބެއް ގެނައުމުގެ މަގު ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު މަޝްރޫއު އޭރުގެ ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވަނީ.

އިންޑިއާގެ ސަރުކާރުގެ އެހީގައި ތަރައްގީކޮށް، ރޭ ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހަދައި ދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރި ދައުރަށް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރައްވައިފި އެވެ. 

ޑޮމެސްޓިކް އެއާޕޯޓެއްގެ ގޮތުގައި އޮކްޓޯބަރު 1986 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރީ ފެބްރުއަރީ 2012 ގަ އެވެ. އަދި ޒަމާނީ ޓާމިނަލަކާ އެކު އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 2022 ގަ އެވެ.

އިހަވަންދިއްޕޮޅުގެ މައި ދޮރޯއްޓަށްވާނެ ކަމަށް އުންމީދު ކުރެވޭ ހަނިމާދޫ އެއާޕޯޓުގައި ހަދާފައިވާ ޕެސެންޖަރު ޓާމިނަލް އާއި ކޮންޓްރޯލް ޓަވަރު އަދި މިނޫންވެސް ހިދުމަތްތައް ރޭ ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ހުޅުވުމާ ގުޅިގެން، ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި އެއާޕޯޓާކު މުޅި ސަރަހައްދުގެ އިގުތިސާދަށް އިންގިލާބެއް ގެނައުމުގެ މަގު ތަނަވަސްވެގެން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް، އެކަން ހާސިލުކުރެވޭނީ ޓޫރިޒަމާއި ވިޔަފާރި އެ ސަރަހައްދަށް ސީދާ އަމާޒުކޮށް، ފުޅާކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި ކަން ހާސިލުކުރުމުގެ މަސައްކަތުގައި މި ސަރުކާރުން ދެމިތިބޭނެކަމަށް،" ސޯލިހު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އިންޑިއާގެ ދައުރު ފާހަގަކުރައްވައި، ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރަށް އަދި ރައްޔިތުން ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ. 

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ މަޝްރޫއަށް 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.