އެމްބޯ މަޑިއެއްގެ ފަރުމާއެއް | ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވައިފި

މި އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: މިހާރު

އެމްބޯ މަޑިއެއްގެ ފަރުމާއަށް ޓާމިނަލް ހަދާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ކުލަގަދަ ރަސްމިއްޔާތެއްގައި މިރޭ ހުޅުވައިފި އެވެ. 

އިހަވަންދިއްޕޮޅުގެ މައި ދޮރޯއްޓަށްވާނެ ކަމަށް އުންމީދު ކުރެވޭ ހަނިމާދޫ އެއާޕޯޓުގައި ހަދާފައިވާ ޕެސެންޖަރު ޓާމިނަލް އާއި ކޮންޓްރޯލް ޓަވަރު އަދި މިނޫންވެސް ހިދުމަތްތައް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. މި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގަތެވެ. 

އެއާޕޯޓު ރަސްމީ ގޮތުން ހުޅުވުމުގެ ގޮތުން، ސަރުކާރުގެ އިސް ވެރިންނާއި އެ އަތޮޅުގެ ގިނަ ރައްޔިތުން ބައިވެރިވި ރަސްމިއްޔާތުގައި ވަނީ ހަވާ އަރުވައިފަ އެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު. --ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓު ރަސްމީކޮށް ހުޅުވައި ދެއްވުމަށްފަހު، ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫބު ވަނީ އެއާޕޯޓުގެ އާ ޓާމިނަލް ބައްލަވާލައްވައިފަ އެވެ. 

ހަނިމާދޫ އެއާޕޯޓްގެ ބައިތަކާއި ޓައިމްލައިން

  • މަޝްރޫއުގެ އަގު 136 މިލިއަން ޑޮލަރު
  • މަސައްކަތް ފެށީ 22، އޮގަސްޓް 2022
  • އެއާޕޯޓް ނިންމަން އޮތް ތާރީހު 21، އޮގަސްޓް 2024
  • އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު މަޝްރޫއެއް
  • އެންބޯ މަޑިއެއްހެން މަތިން ފެންނަ ފުރިހަމަ ހިބޮޑު ޕެސެންޖަރު ޓާމިނަލްއެއް
  • އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ
  • އޭ 320 އަދި ބޯއިން 737 ބޯޓު ޖެއްސޭނެ
  • ޕެސެންޖަރުން އަރައިފައިބަން ބޯޑިން ބްރިޖެއް
  • މުޅިންއާ ކޯޑު ސީ ސްޑޭންޑަޑުގެ ރަންވޭއެއް
  • ރަންވޭގެ ދިގުމިން 2،465 މީޓަރު / ފުޅާމިން ، 45 މީޓަރު
  • ބޯޓު ޕާކު ކުރާނެ ދެ އޭޕްރަން - ބޮޑު ދެ ބޯޓު / ކުޑަ ތިން ބޯޑު ޕާކު ކުރެވޭނެ
  • ބޯޓު މަރާމާތު ކުރަން ހެނގަރެއް
  • އަލިފާން ނިއްވުމުގެ ޒަމާނީ ހިދުމަތް
  • މުޅި އެއާޕޯޓުގަ ހޮޅި އަޅާފަ 1.6 މެޓްރިކް ޓަނުގެ ފިއުލް ފާމެއް / ތެތޮ ރައްކާކުރާ
  • އެއާޕޯޓުގެ ހުރހާ މަގެއް ފެންވަރު ރަނގަޅުކޮށް ހަދާނެ
  • ސީޕްލޭން ހިދުމަތް ފަށަން ސަރަހައްދެއް ހެދުން ޕްލޭނެއް

މި މަޝްރޫއުގެ މަސައްކަތް ކުރީ ހުޅުމާލޭގައި ފްލެޓް ވެސް އަޅާފައިވާ އިންޑިއާގެ ޖޭއެމްސީ ކުންފުނިންނެވެ. 

ޓާމިނަލްގެ ބިމުއަޑީ ބެގޭޖު ޓަނަލެއް

މި މަޝްރޫއުގެ އެންމެ ހާއްސަ ބަޔަކީ މިތަނުގައި ހަދާ ފުރިހަމަ ޕެސެޖެންޖަރު ޓާމިނަލެވެ. މި ޓާމިނަލްގެ މަސައްކަތް ފަށަން ވެސް މިހާރު ވަނީ ތައްޔާރު ވެފަ އެވެ. ޓާމިނަލްއަކީ ބޭރުން ގެނެސް ރާވާލާ ތަނެވެ. އެކަން ފަށަން ޓާމިނަލްގެ ބުޑު އެޅުމުގެ މަސަައްކަތް ވަނީ ފަށާފަ އެވެ. ރާއްޖޭގެ ކަނޑުތަކުން ފެންނަ އެންބޯ މަޑިއެއްގެ ސިފާގައި ބިއްލޫރި އާއި ސްޓީލް ފަަދަ މައުދަން ބޭނުން ކޮށްގެން ހަދާ މި ޓާމިނަލްގެ ބައިތައް ތައްޔާރު ކުރަނީ ދުބާއީގަ އެވެ. އަދި އެ ތަކެތި ރާއްޖެ ގެނެސް މި އަހަރުގެ ފަހުކޮޅު އެތަން ރޭވުމުގެ މަސައްކަތް ފަށާނެ އެވެ.

ޓާމިނަލް ތައްޔާރު ކުރަމުން ގެންދަނީ އެއް ފަހަރާ 1.3 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރުގެ ތަނެއްގެ ގޮތުގަ އެވެ. މީގެ އިތުރުން އޮޕަރޭޝަން ފަސޭހަ ކުރުމަށްޓަކައި ބެޖޭޖު ހޭންޑްލް ކުރަން ބިމުގެ އަޑީގައި އޮޓަމެޓިކް ބީއެޗްއެސް އަންޑަ ގްރައުންޑް ސިސްޓަމެއް ގާއިމްކޮށްފައި ހުންނާނެ އެވެ. ޕެސެންޖަރު ޓާމިނަލްގެ މަގުތައް ހުންނާނީ ލޯންޗުގައި އެހެން ރަށަށަަށް ދާ މީހުންނާއި ހަނިމާދޫއަށް ފައިބާ ފަސިންޖަރުންނަށް ވެސް ފަސޭހައިން ވަދެ ނުކުމެވޭނެ ގޮތަކަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.