ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ މަންދޫބެއް ރާއްޖެ ވަޑައިގެންފި

ރާމް މޯހަންގެ ދަތުރުފުޅާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވީއައިއޭގައި --

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް އަލުން ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަންދޫބެއް މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މިރޭގެ ރަސްމިއްޔާތަށް މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންފައި ވަނީ އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ރާމް މޯހަންގެ ދަތުރުފުޅާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ބުނީ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވަނީ ރަސްމީ ދަތުރުފުޅެއް ކަމަށެވެ. ދަތުރުފުޅުގެ ތަފްސީލު ހާމަކޮށްފައެއް ނުވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަން ފެށިި މި މަޝްރޫ އަކީ އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޓިޓް ލައިންގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކް މެދުވެރިކޮށް 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މަޝްރޫއު އެކެވެ.

މި މަޝްރޫއުގެ ދަށުން 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަން ވަނީ ގާއިމްކޮށްފަ އެވެ. އެތަނުގެ ބޭނުން މިހާރު ވަނީ ކުރަން ފަށައިފަ އެވެ.

އެ އެއާޕޯޓު ތަރައްގީކޮށް، ރަސްމީކޮށް ހުޅުވުމަށް މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.