އަންނަ އަހަރަށް ފަލާކޮށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން މި އަހަރު ތައުލީމީ ދާއިރާށް ދީފައިވަނީ 4.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރު ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހާއްސަކޮށްފައިވެ އެވެ.

އަންނަ އަހަރު ތައުލީމީ ދާއިރާއަށް ކަނޑައަޅާފައިވާ ބަޖެޓު މި އަަހަރަށްވުރެ ބޮޑުކޮށް ޕްރީ ސްކޫލް ތަކަށް 1.7 ބިލިއަން ރުފިޔާ ކަނޑައަޅައިފި އެވެ.
އަންނަ އަހަރަށް ފަލާކޮށް ހުށަހެޅި ބަޖެޓުގައިވާ ގޮތުން މި އަހަރު ތައުލީމީ ދާއިރާށް ދީފައިވަނީ 4.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރު ތައުލީމީ ދާއިރާއަށް 5.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހާއްސަކޮށްފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ފަށާ އަދި ޕްރީ ސްކޫލް ތައުލީމަށް 1.9 ބިލިއަން ރުފިޔާ ކަނއަޅާފައިވެ އެވެ. މިއީ މި އަހަރަށްވުރެ ބޮޑުތަކުން ބަޖެޓު އިތުރުވުމެކެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޕްރީ ސްކޫލް ހިންގަން އޮންނަ ބަޖެޓުވެސް ވަނީ ބޮޑުކޮށްފަ އެވެ.
މި އަހަރު ޕްރީ ސްކޫލް ބަޖެޓަށް 181 މިލިއަން ރުފިޔާ ކަނޑައަޅާފައިވީނަމަވެސް އަންނަ އަހަރަށ 191 މިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވެ އެވެ. އަދި މި އަހަރު ފަށާ ތައުލީމަށް މި އަހަރު 1.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ނަމަވެސް އަންނަ އަހަރަށް ވަނީ ބަޖެޓު 1.7 ބިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާގެ ސަބްސިޑީގެ ގޮތުގައި 49 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި ތައުލީމީ ދާއިރާގެ ރިސާޗް އަދި ޑިވްލޮޕްމަންޓަށް 15 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ތައުލީމީ ދާއިރާގެ އެހެން ބައިތަކަށް 1.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.