ކޮމިޓީން ގައުމީ މަޖިލީހަށް ރޭ ހުށަހެޅި ހުށަހެޅުމުގައި މުޒާހަރާ ފަސްކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނީ، އެ މުޒާހަރާ ބާއްވާނެ ތަނެއް ނުލިބުން ކަމަށެވެ.

ސަރުކާރަށް ދެ އަހަރު ފުރޭ ދިމާކޮށް، މި މަހުގެ 17 ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބާއްވަން އިއުލާނުކޮށްފައިވާ ބޮޑު އެއްވުން، ފާސްކޮށްފި އެވެ.
އެ މުޒާހަރާ އިންތިޒާމްކުރަން އެމްޑީޕީން ނަގާފައިވާ އެތެރޭގެ ކޮމިޓީގެ ފަރާތުން ހުށަހެޅި ގޮތަށް ގައުމީ މަޖިލިހުން ރޭ ފާސްކުރީ އެ އެއްވުން ފަސްކުރުމަށާއި ދެން އެ އެއްވުން ބާއްވާނެ ތާރީހަކާއި ވަގުތާއި ތަނެއް ނިންމުން އެ ޕާޓީގެ ލީޑަޝިޕްގެ އަތްމައްޗަށް ދޫކޮށްލާ ގޮތަށެވެ.
ކޮމިޓީން ގައުމީ މަޖިލީހަށް ރޭ ހުށަހެޅި ހުށަހެޅުމުގައި މުޒާހަރާ ފަސްކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ބުނީ، އެ މުޒާހަރާ ބާއްވާނެ ތަނެއް ނުލިބުން ކަމަށެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ނޮވެމްބަރު 17 ގައި އެއްވުން ބާއްވާނެ އެއްވެސް ތަނެއް މާލެ އިން ނުލިބުނީ ސަރުކާރުން ހުރިހާ ތަނެއް "ބްލޮކް ކޮށްފައި ވާތީ" ކަމަށެވެ.
އަދި މައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން، އެ ޕާޓީން ސަމާލުކަންޖެހޭ މާ މުހިންމު ކަންކަން ސަރުކާރުގެ ތެރެއިން ހިނގަމުން ދިޔުމަކީ ވެސް މުޒާހަރާ ފަސްކުރަން ނިންމި ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.