"...ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަހުމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި،" ހީނާ ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް ރާއްޖެއަށް ސިނގިރޭޓު އެތެރެކުރި މައްސަލައާއި ބޮންޑެޑް ވެއާހައުސްއަކުން ސިނގިރޭޓުގެ ގެއްލުނު މައްސަލައާ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒުގެ ވަޒީފާ އިޔާދަކޮށްފި އެވެ.
ގަވާއިދާ ހިލާފަށް 1.2 މިލިއަން ރުފިޔާގެ ސިގިރޭޓު އެތެރެ ކުރަން އުޅުނީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ތެޔޮ އެތެރެ ކުރާ ހޯކްސް ކުންފުންޏެވެ.
އެ މައްސަލަތަކުގައި 241 ކޮމެޓީގެ ތަހުގީގަށްފަހު މަހުމޫދު ރިޔާޒު މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ 241 ކޮމެޓީން އިތުރަށް ދިރާސާ ކުރުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ، އޭނާގެ ވަޒީފާ އިޔާދަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ނިންމާފަ އެވެ.
ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ ވިދާޅުވީ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުތަކާ ގުޅިގެން މަގާމުން ވަކިކުރި މަހުމޫދު ރިޔާޒުގެ މައްސަލަ، އެ ކޮމެޓީން އިތުރަށް ތަހުގީގު ކުރުމަށްފަހު، އެކުށުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ނިންމާފައިވާ ކަމަށެވެ.
"...ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަހުމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި،" ހީނާ ވިދާޅުވި އެވެ.
މަހުމޫދު ރިޔާޒަކީ ކަސްޓަމްސްއަށް 33 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވައި މީގެ ކުރިން ވިދާޅުވެފައި ވަނީ ދުވަހަކު ވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.
މަހުމޫދު ރިޔާޒުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ވަހީދު ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.