ހިދުމަތް ރަނގަޅުކުރަން އައިޖީއެމްޗް އާއި ހުޅުމާލެ ހޮސްޕިޓަލުގެ ބަޖެޓު އިތުރުކޮށްފި

އަންނަ އަހަރަށް އައިޖީއެމްއެޗަށް ވަނީ 2,2 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފަ އެވެ. އަދި ހުޅުމާލެ ހޮސްޕިޓަލަށް 564 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.

އައިޖީއެމްއެޗް

މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލައި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރަށް އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލަށް ހަމަޖައްސާފައިވާ ބަޖެޓު ބޮޑުކޮށްފި އެވެ. 

އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން މި އަހަރު އައިޖީއެމްޗުގެ ހިދުމަތްތަކަށް ދީފައިވަނީ 1.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.ނަމަވެސް އަންނަ އަހަރަށް 2.2 ބިލިއަން ރުފިޔާ ވަނީ ހަމަޖައްސާފަ އެވެ. އަންނަ އަހަރު އައިޖީއެމްއެޗަށް ދީފައިވާ ބަޖެޓުން އެންމެ ބޮޑަށް އިތުރުވެފައިވަނީ އެގްޒެކެޓިވް އަދި ކޯޕަރޭޓިވް ހިދުމަތްތަކުގެ އިތުރުން ބޭސް ފަރުވާގެ ހިދުމަތާއި ނަރުހުންގެ ހިދުމަތްތުގެ ބަޖެޓެވެ. 

މި އަހަރު އެގްޒެކެޓިވް އަދި ކޯޕަރޭޓިވް ހިދުމަތްތަކަށް 416 މިލިއަން ރުފިޔާ ކަނޑައެޅި ނަމަވެސް މިބައިގެ ބަޖެޓު އަންނަ އަހަރު ވަނީ 679 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ. އަދި ބޭސްފަރުވާގެ ހިދުމަތްތަކަށް މި އަހަރު 596 މިލިއަން ރުފިޔާ ދީފައިވީނަމަވެސް އަންނަ އަހަރަށް ވަނީ 743 މިލިއަން ރުފިޔާއަށް އިތުރުކޮށްފަ އެވެ. މީގެ އިތުރުން މި އަހަރު ނަރުހުންގެ ބަޔަކަށް 632 މިލިއަން ހަމަޖެެއްސި ނަމަވެސް އަންނަ އަހަރު މި ބަޔަކަށް ދީފައިވާ ބަޖެޓު ވަނީ 780 މިލިއަން ރުފިޔާ ހަމަޖައްސާފަ އެވެ. 

އަންނަ އަހަރުގެ ބަޖެޓުގައި ހުޅުމާލެ ހޮސްޕިޓަލަށް 564 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މި އަހަރު ބަޖެޓުން ކަނޑައަަޅާފައިވަނީ 417 މިލިއަން ރުފިޔާ އެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ބަޖެޓުން އިތުރުކޮށްފައިވަނީ ނަރުހުންގެ ހިދުމަތުގެ ހަރަދުގެ އިތުރުން މެޑިކަލް ސާވިސަސްގެ ހަރަދުތަކެވެ. އެގޮތުން ނަރުހުންގެ ހަރަދަށް މި އަހަރު 84 މިލިއަން ހަރަދު ކުރިނަމަވެސް އަންނަ އަހަރު މި އަދަދު 153 މިލިއަނަށް އިތުރު ކުރާނެ އެވެ. އަދި މެޑިކަލް ސާވިސަސްއަށް މި އަހަރު 208 މިލިއަން ހަރަދު ކުރިނަމަވެސް އަންނަ އަހަރުގެ ހަރަދު 214 އަށް އިތުރުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.